ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 08:36
ލިވަޕޫލް އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން
ލިވަޕޫލް އަދި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ކުޅިވަރު
ޗެމްޕިއަންސް ލީގު:ސިޓީން ބޮޑު މޮޅެއް ހޯދިއިރު، ލިވަޕޫލް މެޗުވީ އެއްވަރު
މި ގުރޫޕުގައި ކުޅުނު ދެމެޗުވެސް ވަނީ އެއްވަރުވެގެން ނިމިފަ

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވިއިރު، ލިވަޕޫލު ކުޅުނު މެޗުން އެޓީމު އެއްވަރުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ސިޓީ މޮޅުވެފައިވަނީ ފޭނޫޑާ ވާދަކޮށް 0-4 ގެ ނަތީޖާއިންނެވެ.

ފޭނޫޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ސިޓީން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 2 ވަނަ މިނެޓުގައި މި ލަނޑު ސިޓީއަށް ކާމިޔާބު ކޮށްދިނީ ޖޯން ސްޓޯންއެވެ.

އޭގެ އަށް މިނެޓު ފަހުން މެޗުގެ 10 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ގެބްރިއެލް ޖީސަސް އެވެ.

3 ލަނޑުގެ ލީޑެއްގައޮ އޮވެ ސިޓީން  މެޗުގެ ފުރަތަމަ ހާފު ނިންމާލއިރު، އެޓީމުން މެޗުގައި ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ޖޯން ސްޓޯންއެވެ.

މި ގުރޫޕުގެ އިތުރު މެޗެއްވެސް ރޭ ކުޅެފައިވާއިރު ، މި މެޗުގައި ބައްދަލުކުރީ ނަޕޯލީއާއި ސަކްތަ ޑޮނެސްކް އެވެ. މި މެޗު 1-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ސަކްތަ ޑޮނެސްކްއެވެ.

ރޭ ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވެފައިވަނީ ސެވިއްްޔާއާ ވާދަކޮށް 2-2 ގެ ނަތީޖާއިންނެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ސެވިއްޔާއިންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި މި ލަނޑު ސެވިއްޔާއަށް ކާމިޔާބު ކޮށްދިނީ ބެން ޔެޑާއެވެ.

އެހެން ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ރޮބާޓޯ ފާމީނިއޯ ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮހަމެޑް ސަލާ ވަނީ ލިވަޕޫލަށް އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ ލީޑު ނަގައިދީފައެވެ. ލިވަޕޫލަށް ލީޑު އިތުރަށް ފުޅާކޮށްލަން  ހާފުގެ 42 ވަނަ މިނެޓުގައި ވަނީ  ޕެނަލްޓީއެއްވެސް ލިބިގެން ގޮސްފައެވެ. އެހެން ނަމަވެސް ފާމީނިއޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ލިވަޕޫލް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް، ފަހުހާފު ފެށިގެން މެޗުގެ 72 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑުޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ ޖޮކުއިން ކޮރެއާއެވެ.

ލިވަޕޫލް އަދި ސެވިއްޔާގެ މެޗު އެއްވަރުވެގެން ނިމުނު އިރު ގުރޫޕް އީގެ އިތުރު މެޗެއްވަނީ ވަނީ ކުޅެފައެވެ. އެއީ ސްޕާޓަކް މޮސްކޯއާއި މަރިބޯރ ބައްދަލުކުރި މެޗެވެ. މި މެޗު ވެސް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް