ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 07:53
އެމެރިކާއިން މި ސާސްކަފުގައި ފެށި ހަނގުރާމަތަކުގައި އެ ޤައުމުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރުވެފައި
އެމެރިކާއިން މި ސާސްކަފުގައި ފެށި ހަނގުރާމަތަކުގައި އެ ޤައުމުގެ ގިނަ އަދަދެއްގެ ސިފައިން ވަނީ މަރުވެފައި
ރޮއިޓަރސް
އެމެރިކާ
އެމެރިކާގެ ސެނެޓުން ބޭނުންވަނީ އިރާޤާއި އަފްގާނިސްތާނުގައި ހުއްޓުމެއްނެތް ހަނގުރާމަ ކުރިއަށްގެންދިއުމަށް
 
އެމެރިކާއިން ސީރިއާ، ސޯމާލިއާ، ޔަމަން، ލީބިޔާ އަދި އެހެން ޤައުމުތަކުގައި ހަނގުރާމަކުރަނީ އެ ޤާނޫނުން ބާރުލިބިގެން
 
ހަނގުރާމަ ހުއްޓުވާ ބިލް ސެނެޓުން ބޭރުކުރުމަށް 61 ސެނެޓަރުން ވޯޓުދިން
 
ހަނގުރާމަ ހުއްޓުވުމަށް ވޯޓް ދިނީ 36 ސެނެޓަރުން

އަފްގާނިސްތާނާއި އިރާގުގައި އަސްކަރީ ބާރު ބެނުންކުރުމުގެ ހުއްދަދީ، 2001 ވަނަ އަހަރާއި 2002 ވަނަ އަހަރު އެމެރިކާގައި ފާސްކުރި ޤާނޫނު އުވާލުމަށް އެމެރިކާގެ ސެނެޓަށް ހުށަހެޅި ބިލް، ސެނެޓުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންޓަކީގެ ސެނެޓަރ، ރޭންޑް ޕޯލް ހުށަހެޅުއްވި ބިލް ސެނެޓުން ބޭރުކޮށްލާފައިވަނީ ބިލް ބަލައިގަތުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، ބިލް ބަލައިގަތުމަށް ނުފެންނަ ކަމަށް 61 ވޯޓު ލިބުމުންނެވެ. ބިލް ބަލައިގަތުމަށް ފެންނަކަމަށް ވޯޓު ދެއްވީ 36 ސެނެޓަރުންނެވެ.

މި ބިލް ބަލައިގަތުމާއި ދެކޮޅަށް ވޯޓުދެއްވި ރިޕަބްލިކަން ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ އެރިޒޯނާގެ ސެނެޓަރ، ޖޯން މެކެއިން ވިދާޅުވީ، 2001 ވަނަ އަހަރާއި 2002 ވަނަ އަހަރު ފާސްކުރި އޮތޮރައިޒޭޝަން އޮފް ޔޫޒް އޮފް މިލިޓަރީ ފޯސް، (އޭޔޫއެމްއެފް ޤާނޫނު) ގެ ބަދަލުގައި އިތުރު ޤާނޫނެއް ނުހަދައި އެ ޤާނޫނު އުވައިނުލެވޭނެ ކަމަށެވެ.

މެކެއިންގެ ވާހަކަފުޅަށް ތާޢީދުކުރައްވާ ރިޕަބްލިކަން ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ ޓެނެސީގެ ސެނެޓަރ، ބޮބް ކޯކަރ ވިދާޅުވީ، ސެނެޓަރ ޕޯލް ހުށަހެޅުއްވިގޮތަށް، އޭޔޫއެމްއެފް ޤާނޫނު އުވާލައިފިނަމަ، އެމެރިކާ ސިފައިން އަފްގާނިސްތާނާއި އިރާގުން ވަގުތުން ފައިބަން ފަށަން ޖެހޭނެ ކަމަށެވެ.

އޭޔޫއެމްއެފް ޤާނޫނު އުވައިލުމަށް ބިލެއް ހުށަހަޅުއްވައި، ރޭންޑް ޕޯލް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ އެމަނިކުފާނުގެ އެ ބިލް ފާސްނުވެއްޖެ ނަމަ، އެމެރިކާގެ 700 ބިލިއަން ޑޮލަރުގެ ޑިފެންސް ބަޖެޓް ފާސްވުމަށް ހުރަސްއަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އަހަރުމެން އެތާ (އަފްގާނިސްތާނާއި އިރާގުގައި) ތިބޭތާ 16 އަހަރުވެއްޖެ. މިއީ ހަނގުރާމަ ނިންމަންވީ ވަގުތު. ކޮންގްރެސްއިން އެކަމަށް ވޯތްލާންވީ ވަގުތު"، ޕޯލް ވިދާޅުވިއެވެ.

ޕޯލް އިތުރަށް ވިދާޅުވީ، ހަނގުރާމައެއް ފަށަން ހިތަށްއެރުމުން ކޮންމެ މީހަކުވެސް އަޑަށް ވަރަށް ބާރުލާފައި ދުސްތޫރީ ޒިންމާގެ ވާހަކަ ދައްކާނެ ކަމަށާ، ނަމަވެސް، މިހާރު އެމެރިކާއިން ކުރަމުންދާ 7 ހަނގުރާމައިގެ ތެރެއިން އެއްވެސް ހަނގުރާމައެއް ހުއްޓުމުގެ ވާހަކަ ބުނުމާއިއެކު އެމީހުން އެކަމަށް ދެކޮޅުހަދާ ކަމަށެވެ.

އަމިއްލަ ޕާޓީގެ ފިކުރާއިވެސް ދެކޮޅަށް ޕޯލް ހުށަހެޅުއްވި ބިލް ސެނެޓުން ބޭރުކޮށްލުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުންވެސް ވަނީ ވޯޓުދެއްވާފައެވެ.

2001 ވަނަ އަހަރު ފާސްކުރި އޭޔޫއެމްއެފް ޤާނޫނުގެ ދަށުން، ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ހަމަލާފަދަ އެހެން ހަމަލާއެއް ދިނުން ހުއްޓުވުމަށްޓަކައި، އެމެރިކާގެ ރައީސަށް ފެނިވަޑައިގެންފި ހިނދެއްގައި، އެ ހަމަލާގައި ބައިވެރިވި އަދި އެފަދަ ކަމެއް ކޮށްފާނެ ޤައުމުތަކާއި، ޖަމާއަތްތަކާއި، މީހުންނާއި، އެފަރާތްތަކަށް އެހީވާ ފަރާތްތަކާއި ދެކޮޅަށް އަސްކަރީ ބާރު ބޭނުންކުރުމުގެ ހުއްދަ ދެއެވެ.

އޭގެ ފަހުން، 2002 ވަނަ އަހަރު ފާސްކުރި އޭޔޫއެމްއެފް ޤާނޫނުގެ ދަށުން، އިރާޤުގައި ރައީސް ސައްދާމް ހުސައިނާއި ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހުއްދަ ލިބިދީފައިވެއެވެ. އެމެރިކާ ސިފައިން އަދިވެސް އިރާޤުގައި ހަރަކާތްތެރިވަމުންދަނީ މި ޤާނޫނު އުވާލާފައިނުވާތީ، މި ޤާނޫނުގެ ދަށުންނެވެ.

އިރާޤާއި ސީރިއާގައި ހަނގުރާމަވެރި އައިސިސް ޖަމާޢަތާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް 2001 ވަނަ އަހަރު ފާސްކުރި އޭޔޫއެމްއެފް ޤާނޫނުގެ ދަށުން ބާރު ލިބޭކަމަށް އޯގަސްޓް މަހު، އެމެރިކާގެ ސްޓޭޓް ސެކެޓްރީ ރެކްސް ޓިލަރސަން އާއި ޑިފެންސް ސެކެޓްރީ ޖިމް މެޓިސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެމެރިކާގެ އަސްކަރިއްޔާ އާއި ގުޅޭ ކަންކަން ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި އައިސިސް އަކީ މީގެ 16 އަހަރުކުރިން 2001 ވަނަ އަހަރު އޭޔޫއެމްއެފް ޤާނޫނު ފާސްކުރިއިރު، އުފެދިފައި ނެތް ޖަމާޢަތެއް ކަމުން، އެމެރިކާއިން އައިސިސްއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެ ޤާނޫނު ބޭނުންކުރަނީ ޤަނޫނުން ލިބޭ ހަނި ފުރުޞަތަކުން ކަމަށެވެ. އެމެރިކާއިން ޓެރަރިޒަމާއި ދެކޮޅަށް ކަމަށްބުނެ ސީރިއާ، ސޯމާލިއާ، ޔަމަން، ލީބިޔާ އަދި އެހެން ޤައުމުތަކުގައި ހަނގުރާމަކުރަނީ އެ ޤާނޫނުގެ ދަށުންނެވެ.

1973 ވަނަ އަހަރު އެމެރިކާގައި ފާސްކުރި ވޯ ޕަވަރޒް ރިޒޮލޫޝަންގެ ދަށުން، 90 ދުވަހަށްވުރެ ގިނަ ދުވަހަށް ސިފައިން ހަނގުރާމައެއްގައި ބައިވެރިކުރާނަމަ، އެކަމަށް ކޮންގްރެސްގެ ހުއްދަ ހޯދަން ޖެހެއެވެ.

2001 ވަނަ އަހަރު ފާސްކުރި އޭޔޫއެމްއެފް ޤާނޫނުގެ ދަށުން އެމެރިކާއިން އަފްގާނިސްތާނުގައި ފެށި ހަނގުރާމަ އަދިވެސް ނިންމާލާފައި ނުވާއިރު، މިއީ އެމެރިކާގެ ތާރީޚުގައިވެސް އެޤައުމުން ކުރާ އެންމެ ގިނަ ދުވަސްވީ ހަނގުރާމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ