ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 06:48
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް: 4 ޤައުމަކާއިމެދު ފިޔަވަޅު އަޅާފައިވަނީ ޑީޕޯޓްކުރާ މީހުން ބަލައިނުގަންނަ މައްސަލައިގައި
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް: 4 ޤައުމަކާއިމެދު ފިޔަވަޅު އަޅާފައިވަނީ ޑީޕޯޓްކުރާ މީހުން ބަލައިނުގަންނަ މައްސަލައިގައި
ގޫގުލް
އެމެރިކާ
ޑިޕޯޓް ކުރުމުގެ މައްސަލައިގައި 4 ޤައުމަކަށް ވިސާ ދޫކުރާ އުސޫލު އެމެރިކާއިން ބަދަލުކޮށްފި
 
ފިޔަވަޅު އަޅާފައިވަނީ ކެމްބޯޑިއާ، އެރިޓްރިއާ، ގިނީ އަދިސިއެރަ ލިއޯނާއި ދެކޮޅަށް

އޭޝިއާ އާއި އެފްރިކާގެ ޤައުމުތައް ހިމެނޭ ގޮތަށް، ހަތަރު ޤައުމަކަށް އެމެރިކާއިން ވިސާ ދޫކުރާ އުސޫލަށް ބަދަލުގެނެސްފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި ބަދަލު ގެނެސްފައިވަނީ، ކެމްބޯޑިއާ، އެރިޓްރިއާ، ގިނީ އަދިސިއެރަ ލިއޯނަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ވިސާ ދޫކުރުމުގެ އުސޫލަށެވެ. އެ ޤައުމުތަކާއިމެދު މިފަދަ ފިޔަވަޅެއް އަޅާފައި މިވަނީ އެކި ގޮތްގޮތުން އެމެރިކާއަށް އެތެރެވެ، އެ ޤައުމުގައި ދިރިއުޅޭ މި ހަތަރު ޤައުމަށް ނިސްބަތްވާ ރައްޔިތުން ޑީޕޯޓް ކުރުމުން، އެމީހުން ބަލައިގަތުމަށް މި 4 ޤައުމުން ތަކުރާރުކޮށް ދެކޮޅުހަދަމުންދާތީއެވެ.

އެމެރިކާ ސަރުކާރުން ބުނީ އަލަށް އެކުލަވާލި އުސޫލުތަކަށް ސެޕްޓެމްބަރ 13 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިފަދަ ނިންމުމެއް ނިންމީ، އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އެދުމުގެ މަތިން ކަމަށާ، މި ޤައުމުތަކުން ބަލަންވާ ވަރަށް ނުބަލައި، އެ ޤައުމުތަކުގެ ރައްޔިތުންނަށް ޓްރެވަލް ޑޮކިއުމެންޓް ދިނުމުގެ ސަބަބުން، އެމެރިކާއަށް އެތައް ކުށްވެރިންނެއް އެތެރެވެފައިވާ ކަމަށެވެ.

އެގޮތުން އެމެރިކާއަށް އެތެރެވެފައިވާ ގިނީގެ 2137 ރައްޔިތުންނާއި، ސިއެރަ ލިއޯންގެ 831 ރައްޔިތުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުށްވެރިން ހިމެނޭއިރު، ޑިޕޯޓް ކުރުމަށް ފަހުގެ އިންޒާރުދީފައިވާ އެރިޓްރިއާގެ 700 ރައްޔިތުން ދަނީ އެމެރިކާގައި ދިރިއުޅެމުންނެވެ. މީގެ އިތުރުން ޑިޕޯޓް ކުރުމަށް ފަހުގެ އިންޒާރުދީފައިވާ ކެމްބޯޑިއާގެ 1900 ރައްޔިތުން އެމެރިކާގައި ދިރިއުޅެމުންދާއިރު، އޭގެ ތެރެއިން 1412 މީހުންނަކީ ކުށުގެ ރިކޮޑް އޮތް ބައެއްކަމަށް އެމެރިކާއިން ބުނެއެވެ.

އަލަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ކެމްބޯޑިއާގެ ރައްޔިތުންގެ ތެރެއިން ވިޔަފާރި އާއި ފަތުރުވެރިކަމުގެ ވިސާ ނުލިބޭނީ، އެޤައުމުގެ ފޮރިން މިނިސްޓްރީގެ ޑިރެކްތަރ ޖެނެރަލްގެ ފެންވަރާއި އެއަށްވުރެ މަތީ މަޤާމުތަކުގައި ތިބި ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށެވެ.

އެރިޓްރިއާގެ ރައްޔިތުންނަށް އާންމުގޮތެއްގައި އެމެރިކާއަށް އެތެރެވުމަށް އެއްވެސް ވިސާއެއް ދޫނުކުރަން ނިންމި ނަމަވެސް، މީގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ބައެއް ފަރާތްތައް އިސްތިސްނާ ކުރެވޭނެ ކަމަށް އެމެރިކާއިން ބުނެއެވެ.

ގިނީއާއިމެދު އެޅި ފިޔަވަޅުތަކުގެ ދަށުން، އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި، އެފަރާތްތަކުގެ އާއިލާތަކަށް ވިޔަފާރި، ތައުލީމީ އަދި ފަތުރުވެރިކަމުގެ ވިސަ ދޫކުރުން ވަނީ ހުއްޓާލާފައެވެ.

ސިއެރަ ލިއޯން އާއި ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން، ވިސާ ދިނުން ހުއްޓާލާފައިވަނީ އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލުންނާއި، އިމިގްރޭޝަން އޮފިޝަލުންނަށެވެ.

މި އުސޫލުތަކަށް އަމަލުކުރަން ފެށިނަމަވެސް، މިހާރު ދޫކޮށްފާ ވިސާއެއްނަމަ، އޭގެ ދަށުން އެމެރިކާއަށް ދަތުރުކުރެވޭނެއެވެ.

ޑީޕޯޓް ކުރާ މީހުން ބަލައިގަތުމަށް ދެކޮޅު ހެދުމާއި ގުޅިގެން ބައެއް އެހެން ޤައުމުތަކަށްވެސް ފިޔަވަޅު އެޅުމަށް އެމެރިކާއިން ވިސްނަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ ޗައިނާ، ކިއުބާ، ވިއެޓްނާމް، ލާއޯސް، އީރާން، ބަރުމާ، މޮރޮކޯ އަދި ދެކުނު ސޫދާނެވެ. މި ޤައުމުތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައި ވީނަމަވެސް، އެ ޤައުމުތަކައިމެދު މިހާތަނަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިފަހަރު ފިޔަވަޅު އެލުމުގެ ކުރިން އެންމެ ފަހުން ޤައުމަކާއިމެދު މިފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ ނިމިގެންދިޔަ އަހަރު ބަރަކް އޮބާމާގެ ރައީސްކަމުގައެވެ. އެފަހަރު ފިޔަވަޅު އަޅާފައިވަނީ ގެމްބިއާގެ ސަރުކާރުގެ އޮފިޝަލުންނާއި އެފަރާތްތަކުގެ އައިލާތަކާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟