ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 23:35
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒް
އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒް
ގޫގުލް
ރޮހިންޖާ މުސްލިމުން
ރޮހިންޖާ މައްސަލަ: އަސްކަރީ ހަރަކާތްތައް ހުއްޓާލައި، އިންސާނީ އެހީއަށް ޖާގަދޭން ގުޓްރޭޒް ގޮވާލައިފި
 
މިހާތަނަށް 380،000 ރެފިއުޖީން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވޭ

މިޔަންމާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް، އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރޭޒް މިޔަންމާގެ އަސްކަރިއްޔާއަށް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހުގެރޭ ގުޓްރޭޒް ކުރެއްވި ދެ ޓްވީޓެއްގައި ވިދާޅުވީ، މިޔަންމާގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާ ކަމަށާ، އިންސާނީ އެހީއަށް ހުރަސްއެޅި، 380،000 ރެފިއުޖީން ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ކަމަށެވެ. މިކަން ފާހަގަކުރައްވާ ކުރެއްވި ދެވަނަ ޓްވީޓްގައި އެމަނިކުފާނު ވަނީ، މިޔަންމާ ސިފައިން (ރޮހިންޖާ މުސްލިމުންނާއި ދެކޮޅަށް) ހިންގަމުންދާ އަސްކަރީ ހަރަކާތްތައް ކުށްވެރި ކުރައްވާ، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ހަމަ މިއާއިއެކު، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، އިންސާނީ އެހީއަށް ފުރުޞަތު ދިނުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

އދ އާއި ބައިނަލްއަޤުވާމީ ދުނިޔެއިން މިޔަންމާ ސަރުކާރާއި އަސްކަރިއްޔާގެ ޖަރީމާތައް ކުށްވެރިކޮށް، އެކަންކަން ހުއްޓުމަށް ގޮވާލަމުން ދިޔަނަމަވެސް، މިޔަންމާއިން އަދިވެސް ބުނަމުންދަނީ އެ ޤައުމުގެ އަސްކަރިއްޔާއިން މަސައްކަތް ކުރަނީ ޓެރަރިސްޓުން ނައްތައިލުމަށް ކަމަށާ، ދުނިޔެއަށް ލިބެމުންދަނީ މީޑިއާތަތަކުން އެ ޤައުމާއިމެދު ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

އޯގަސްޓް 25 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ ރަހައިން ސްޓޭޓްގައި މިޔަންމާ ސިފައިންނާއި ހައްދު ފަހަނައަޅާފައިވާ ބުޑިސްޓު ހާމުދުރުންނާއި ބުޑިސްޓުން، ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު، އެ ދަރިކޮޅުގެ ގިނަ ބަޔަކު ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

އދ އިން އެންމެ ފަހުން ހާމަކުރި އަދަދުތަކަށް ބަލާއިރު، އޯގަސްޓް 25 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 380،000 މީހުން ބަންގާޅަށް ހިޖުރަކޮށްފައިވާއިރު، މި އަދަދާއިއެކު، ބަންގާޅުގައި މިހާރު ތިބި ރޮހިންޖާ ރެފިއުޖީންގެ ޖުމްލަ އަދަދު ވަނީ 800،000 އާއި ގާތްކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް