ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 21:44
2047 ވަނަ އަހަރާއި ހަމައަށް ދާއިރު، އެމެރިކާގެ ބަޖެޓް ޑެފިސިޓް 150 އިންސައްތައަށް އަރާނެ
2047 ވަނަ އަހަރާއި ހަމައަށް ދާއިރު، އެމެރިކާގެ ބަޖެޓް ޑެފިސިޓް 150 އިންސައްތައަށް އަރާނެ
ގޫގުލް
އެމެރިކާ
އެމެރިކާގެ ދަރަނި 20 ޓްރިލިއަނުން މައްޗަށް، އަދިވެސް ދާނީ އިތުރުވަމުން
 
މައްސަލަ ހައްލުކުރުމުގެ ވިސްނުމެއް ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ކޮންގްރެސްގެ ކިބައިގައިވެސް ނެތް

ޚަރަދު ކުރުމާއި ގުޅޭގޮތުން ވައިޓްހައުސްއިން އެކަށޭނަ ފިޔަވަލުތަކެއް ނާޅައިފިނަމަ، އެމެރިކާގެ ދަރަނި އަދިވެސް ބޮޑުވެގެންދާނެ ކަމަށް، ވިލާތުގެ އިއްތިހާދުގެ ކުރީގެ ކޮންސަލްޓަންޓް ޕައޯލޯ ވޮން ޝައިރާކް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ދައުލަތުގެ ދަރަނި 20 ޓްރިލިއަން ޑޮލަރަށް އެރުމާއި ގުޅިގެން، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ، ގްލޯބަލް ޕޮލިސީ އިންސްޓިޓިއުޓްގެ ރައީސްކަން ވެސް ކުރައްވާ ޝައިރާކް ވިދާޅުވީ، މިވަގުތު ފެންނަ މަންޒަރުތަކަށް ބަލާއިރު، އެމެރިކާގެ ދަރަނި މި އަދަދަށް ބޮޑުވެގެން ދިއުމުގެ މައިގަނޑު ސަބަބު ކަމުގައިވާ އެ ޤައުމުގެ އެންޓައިޓަލްމެންޓް ޕްރޮގްރާމްތަކަށް ހަމަޖެހޭ ބަދަލުތަކެއް ގެނައުމުގެ ސީރިއަސް ވިސްނުމެއް ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ކޮންގްރެސްގެ ކިބައިގައި ވެސް ހުރިކަމަށް ނުބެލެވޭ  ކަމަށެވެ.

އެމެރިކާގެ ދައުލަތުގެ ދަރަނި 20 ޓްރިލިއަނަށް ވުރެ އިތުރުވެގެން ގޮސްފައިވަނީ، އެޤައުމުގެ ދައުލަތަށް 20 ޓްރިލިއަނަށް ވުރެ އިތުރަށް ދަރަނީގެ ގޮތުގައި ފައިސާ ނުހޯދޭ ގޮތަށް އޮތް އޮތުން މި އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ސަސްޕެންޑް ކުރުމަށް ރައީސް  ޓްރަމްޕް ނިންމެވުމުންނެވެ.

ޝައިރާކް ވިދާޅުވީ، އެމެރިކާގެ މައިގަނޑު މައްސަލައަކީ މައިގަނޑު އެންޓައިޓަލްމަންޓް ޕްރޮގްރާމްތައް ހިންގޭވަރަށް ޓެކްސްއިން ދައުލަތަށް އާމްދަނީ ނުލިބުން ކަމަށާ، ކޮންމެ އަހަރަކު ޑެފިސިޓް ބަޖެޓް ފާސްކުރަމުންދާއިރު، އެ ޑެފިސިޓް ފޫބެއްދޭނެ ގޮތެއް ވެސް ނެތް ކަމަށެވެ.

އެމެރިކާގެ ފެޑެރަލް ބަޖެޓުގެ 60 އިންސައްތައަކީ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަން ފަދަ އެންޓައިޓަލްމަންޓް ޕްރޮގްރާމްތަކަށް ކުރެވޭ ޚަރަދު  އިތުރުވަމުން މިދާ ދަރަނީގެ ސަބަބުން ކުރިއަށް އޮތް ޖީީލުތަކަށް އުފުލަން އުނދަގޫ ވާވަރުގެ ބުރައެއް ކުރިމަތިވާނެއެވެ.

އެމެރިކާގެ ދަރަނި ބޮޑުވި ނަމަވެސް، އެމެރިކާ ސަރުކާރުގެ ކްރެޑިޓް ހިސްޓްރީ، ނުވަތަ ދަރަނި އަދާކުރުމުގެ ރިކޯޑް ރަނގަޅުވުމުން، އިންވެސްޓަރުންގެ އިތުބާރު އަދިވެސް އެމެރިކާ ސަރުކާރަށް ނުގެއްލޭ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި އިތުބާރު ލިބުނު ނަމަވެސް، ދަރަނި ބޮޑުވެގެން ދިއުމުން، ބޭނުންހާ ވަގުތަކު، ބޭނުން ގޮތަކަށް ބޭނުން ކުރާނެ ފައިސާ ސަރުކާރުގައި ދެން ނުހުންނާނެއެވެ. އެހެންކަމުން، ރައްޔިތުންނަށްޓަކައި ކޮށްދެވޭ ކަންކަން ދުވަހެއް ދުވަހަކަށް ދަށްވެގެން ދާނެ ކަމަށް ތަޖުރިބާކާރުން އެއްބަސްވެއެވެ.

ދެވަނަ ބޮޑުހަނގުރާމައިގެ ފަހުން، ނުއުފުލޭ ވަރަށް އެމެރިކާގެ ދައުލަތުގެ ދަރަނި އުފުލިފައިވާއިރު، 2047 ވަނަ އަހަރާއި ހަމައަށް ދާއިރު، އެމަރިކާގެ ބަޖެޓް ޑެފިސިޓް 150 އިންސައްތައަށް އަރާނެ ކަމަށް އެމެރިކާ ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު