ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 20:40
މިޔަންމާގެ ލީޑަރު އަންސަން ސޫކީ މިއަހަރު އދ ގެ އާއްމު މަޖިލީހަށް ވަޑައެއް ނުގަންނަވާނެ
މިޔަންމާގެ ލީޑަރު އަންސަން ސޫކީ މިއަހަރު އދ ގެ އާއްމު މަޖިލީހަށް ވަޑައެއް ނުގަންނަވާނެ
ގެޓީ އިމޭޖަސް
ރޮހިންޔާ މުސްލިމުން
އަންސަން ސޫކީ އދ ގެ އާއްމު މަޖިލިހަށް ވަޑައިގަތުން ކެންސަލް ކުރައްވައިފި
 
ހުސްވި އަހަރުގެ އާއްމު މަޖިލީހުގައި ސޫކީ ބައިވެރިވެ ވަޑައިގެންނެވި
 
ރޮހިންޖާ މުސްލިމުންނަށް މިޔަންމާ ސިފައިން ދޭ ލާ އިންސާނީ އަނިޔާތަކުގެ ސަބަބުން ސޫކީ އަށް ވަނީ ޕްރެޝަރ ބޮޑުވެފައި
 
ދަތުރުފުޅު ކެންސަލް ކުރެއްވި ވަކި ސަބަބެއް ހާމަ އެއް ނުކުރޭ

މިޔަންމާގެ ސްޓޭޓް ކައުންސެލަރ އަން ސަން ސޫކީ އދ. ގެ އާއްމު މަޖިލިހަށް ވަޑައިގަތުން ކެންސަލް ކުރައްވައިފި ކަމަށް އެކަމަނާގެ ޕާޓީ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ގެ ތަރުޖަމާނު ހާމަ ކޮށްފިއެވެ.

އަންގާރަ ދުވަހު ރޮއިޓާސް އިން ހާމަ ކޮށްފައިވާ ގޮތުގައި ސެޕްޓެމްބަރ 20 ގައި އދ. ގެ މައިމަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ވަޑައިގަތުން އެކަމަނާ ކެންސަލް ކުރެއްވި ކަން އެންއެލްޑީގެ ތަރުޖަމާނު ވަނީ ކަށަވަރު ކޮށްދީފައެވެ.

ސޫކީގެ އދ ދަތުރުފުޅު ކެންސަލް ކުރެއްވި ދަނޑިވަޅަކީ މިޔަންމާގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު ރަޚައިން ސްޓޭޓްގެ ރޮހިންޖާ މުސްލިމުންނާ މެދު ލާއިންސާނީ އަމަލުތައް މިޔަންމާ ސިފައިން ހިންގަމުން ދިއުމާ ގުޅިގެން، ސޫކީގެ ސަރުކާރަށް ފިއްތުންތައް ބޮޑުވެފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުން ސަލާމަތް ވުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިހާތަނަށް 370،000 (ތިން ލައްކަ ހަތްދިހަ ހާސް) ށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ވަނީ ހިޖްރަ ކޮށްފައެވެ.

ސޫކީގެ ދަތުރުފުޅު ކެންސަލް ކުރެއްވި ސަބަބެއް ނޭނގޭ ކަމަށް އެންއެލްޑީގެ ތަރުޖަމާނު ރޮއިޓާސް އަށް ދިން ބަސްދީގަތުމުގައި ބުނެފައިވެއެވެ.

"އެކަމަނާއަކީ ފާޑުކިޔުންތަކަށް ކުރިމަތިލައްވަން ބިރުފުޅު ގަންނަ ބޭފުޅެއް ނޫން، ފަހަރުގައި މާ މުހިންމު ކަންކަން ގައުމުގައި ހުރުމުން ދަތުރުފުޅު ކެންސަލް ކުރެއްވީ ކަމަށް ވުމީ އެކަށީގެންވާ ކަމެއް" އައުންގ ޝިން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ސޫކީގެ ބަދަލުގައި އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާނީ މިޔަންމާގެ ނައިބު ރައީސް ޔޫ ހެންރީ ވާން ތިއޯ ކަމަށް ޗައިނާގެ ޒިންހުއާ ނޫހުން ބުދަ ދުވަހު ބުނެފައިވެއެވެ.

މިޔަންމާގެ ލީޑަރޝިޕަށް ވަޑައިގެންފަހުން ސޫކީ އަށް ކުރިމަތިވެ ވަޑައިގެންނެވި އެންމެ ބޮޑު ގޮން ޖެހުމަކަށް ރޮހިންޖާ މައްސަލަ ވެފައިވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ސޫކީ އަށް ދީފައިވާ ނޮބެލް ސުލްހައިގެ އިނާމު އަނބުރާ އަތުލުމަށް ގިނަ ފަރާތްތަކަކުން ދަނީ ގޮވާލާ އަޑު އުފުލަމުންނެވެ. އަދި އެކަމަށް ތައްޔާރު ކުރި ޕެޓިޝަންގައި އެތައް ލައްކަ މީހުން ވަނީ ބައިވެރިވެފައެވެ.

ފުރަތަމަ ފަހަރަށް ޔޫއެން ޖެނެރަލް އެސެމްބްލީގައި ތަގުރީރު ކުރައްވަމުން މި ދިޔަ އަހަރު ސޫކީ ވަނީ އޭނާގެ ސަރުކާރުން ރޮހިންޖާ މުސްލިމުންގެ މައްސަލަ ހައްލު ކުރުމަށް ކުރަމުން ގެންދާ މަސައްކަތް ދިފާއު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި