ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 11:08
ތޫފާން އިރްމާ ކެރީބިއަންގެ ސަރަހައްދަކަށް އަރާ ލިބުނު ގެެއްލުމުގެ ތެރެއިން
ތޫފާން އިރްމާ ކެރީބިއަންގެ ސަރަހައްދަކަށް އަރާ ލިބުނު ގެެއްލުމުގެ ތެރެއިން
ބީބީސީ
ހަރިކޭން އިރްމާ
ތޫފާން އިރްމާ: ކެރީބިއަންގެ ބައެއް ގައުމުތަކަށް ޔޫރަޕުން އެހީތެރި ވަނީ
 
ތޫފާން އިރްމާ ކެރީބިއަންގެ ގައުމުތަކަށް އެރުމުގެ ސަބަބުން މަދުވެގެން 38 މީހަކު ވަނީ މަރުވެފައި

ތޫފާން އިރްމާގެ ސަބަަބުން ގެއްލުންވި ކެރީބިއަން ގައުމުތަކަށް،  ޔޫރަޕްގެ ގައުމުތަކުން ހަލުވި މިނެއްގައި އެހީތެރިވާން ނިންމައިފިއެވެ. 

ޔޫރަޕްގެ ބައެއް ގައުމުތަކުން އެހީތެރިވަމުން ދަނީ އެގައުމުތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް ނުވަތަ ގައުމުތަކަށެވެ. 

ތޫފާން އިރްމާގެ ސަބަބުން ގެއްލުންވި ފްރާންސްގެ ބާރުގެ ދަށުގައިވާ ގައުމުތަކަށް ޒިޔާރަތް ކުރައްވާ ފްރާންސް ގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ވައިގެ މަގުން އިތުރު އެހީ ދިނުމަށް ނިންމާފައިވާ ކަމަށެވެ. 

އިނގިރޭސި ވިލާތުގެ ޚަރިޖީ ވަޒީރު ބޮރިސް ޖޮންސަން ކެރީބިއަންގެ ގައުމުތަކުގެ ހާލު ބެއްލެވުމަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާއިރު ނެދަލޭންޑްސްގެ ރަސްގެފާނު ގެންދެވަނީ އެގައުމުގެ ބާރުގެ ދަށުގައިވާ ސަރަހަދުތަކަށް ޒިޔާރަތް ކުރައްވަމުންނެވެ. 

ފްރާންސްގެ ބާރުގެ ދަށުގައި އޮންނަ ގައުމުތައް ކަމަށްވާ ސެއިންޓް ބާޓިސް އަދި ސެއިންޓް މާޓިން އިން ވަނީ 10 މީހަކު މަރުވެފައެވެ. ސެއިންޓް މާޓިންގެ ސަރައްދުގެ ދެބައި ކުޅަ އެއްބައި ކޮންޓްރޯލް ކުރަނީ ނެެދަލޭންޑްސް އިންނެވެ. އިނގިރޭސި ވިލާތުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ގައުމުތަކުން ނުވަ މީހަކު ވަނީ ތޫފާން އިރްމާ އެރުމުގެ ސަބަބުން މަރުވެފައެވެ. 

ކެރީބިއަންގެ ގައުމުތަކަށް ތޫފާން އިރްމާ އެރުމަށް ފަހު ދެން މިސްރާބު ޖެހީ  އެމެރިކާގެ ފްލޮރިޑާ އަށެވެ. ފްލޮރިޑާ އެ ތޫފާން އެރުމުގެ  ސަބަބުން 22 މީހަކު ވަނީ މަރުވެފައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް