ކ. މާލެ
|
13 ސެޕްޓެންބަރ 2017 | ބުދަ 01:06
ރޮހިންޖާ މުސްލިމުން: އަނިޔާއާ ނިކަމެތި ހާލުގައި
ރޮހިންޖާ މުސްލިމުން: އަނިޔާއާ ނިކަމެތި ހާލުގައި
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
މިޔަންމާގެ މައްސަލައިގާ އދ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ
 
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަދުވަހު

މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ މައްސަލައިގާ އދ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބުދަ ދުވަހު ބާއްވަން ނިންމައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންސާނީ ޙައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން އެންގި އެންގުމާއި ގުޅިގެން މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން އދ ގެ ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތާއި ސްވިޑްން އިން އެދުނު އެދުމަކަށް ބާއްވާ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުދަދުވަހުއެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ރޮހިންޖާގެ މުސްލިމުން އެޤައުމުގެ ޕޮލިސް ޕޯސްޓަކަށް ހަމަލާދިން ކަމަށް ބުނެ ރޮހިންޖާ މުސްލިމުން ނައްތާލުމަށް ދެމުންދާ އަނިޔާތަކުގެ ސަބަބުން ރަޚައިން ސްޓޭޓް ދޫކޮށް އަވައްޓެރި ބަންގްލަދޭޝްއަށް ވަނީ ރޮހިންޖާގެ ގާތްގަނޑަކަށް  37,0000 އެއްހާ މުސްލިމުން ހިޖުރަ ކޮށްފައެވެ.

އިންސާނީ ޙައްޤުތަކާބެހޭ އދ ގެ ހައިކޮމިޝަނަރ ޒައިދް ރައާދު އަލް ހުސައިން  ވިދާޅުވީ މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކުން ހިންގަމުންދަނީ ބައިނަލް އަޤްވާމީ ޤާނޫން ތަކާވެސް ފުށުއަރާ ކަންތައް ތަކެއް ކަމަށެވެ.

"އަޅުގަނޑު ގޮވާލަން މިޔަންމާ ސިފައިން ހިންގާ އޮޕަރޭޝަން ހުއްޓާލުމަށް. އަދި އަނިޔާވާ ފަރާތްތައް ޒިންމާދާރު ކުރުމަށާއި ރޮހިންޖާ މީހުންނާމެދު ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށްވެސް ގޮވާލަން" ޒެއިދް ރައާދު އަލް ހުސައިން  ވިދާޅުވިއެވެ.

ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝައިޚް ހަސީނާ ވަނީ މިހާލަތު ނިމުމަކަށް ގެނެސް މުޅި މައްސަލަ ހައްލު ކުރުމަށް މިޔަންމާ ސަރުކާރަށް ގޮވާލައްވާފައެވެ.

"މިޔަންމާއިން މިކަން ފެށީ. އެމީހުންނަށް މިކަން ހައްލު ކުރެވޭނީ. އަޅުގަނޑުމެން ބޭނުން އަޅުގަނޑުމެންނާ އަވައްޓެރިންނާއެކު ވަރަށް ގާތް ގުޅުމެއް އޮންނަން" އެޤައުމުގައިވާ ރޮހިންޖާ މުސްލިމުން ބައިތިއްބާފައި ތިބޭ ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކޮށް ޝައިޚް ހަސީނާ ވިދާޅުވިއެވެ.

ބަނގަލަދޭޝްގެ ރައްޔިތުންގެ މަޖިލީހުން ވަނީ މިޔަންމާ ސަރުކާރުން މިމައްސަލަ ޙައްލުކުރުމަށް ބާރުއެޅުމަށް ބައިނަލް އަޤްވާމީ މުޖްތަމައުން މިޔަންމާ ސަރުކާރަށް ޕްރެޝަރ ކުރުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައެވެ.  

ނަމަވެސް މިޔަންމާގެ ބުޑިސްޓް އޮފިޝަލަކު ބުނެފައިވަނީ މިޔަންމާ ސިފައިން ހިންގާ ހަރަކާތަކީ ސަލާމަތީ ބާރުތަކަށް ހަމަލާދޭ މީހުންނާ ދެކޮޅަށް ހިންގާ ހަރަކާތެއް ކަމަށެވެ.

މިޔަންމާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ބައިނަލް އަޤްވާމީ ދުނިޔޭގެ ކަންބޮޑުވުމަށް އިޙްތިރާމް ކުރާކަމަށާއި ނަމަވެސް އެޤައުމުގެ ސިފައިން ހިންގާ ހަރަކާތަކީ ޓެރަރިސްޓް ހަމަލާތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކެއް ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
0%
0%
100%
0%
0%
0%
ކޮމެންޓް