ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 18:25
ރޯއި ހޮޖްސަން
ރޯއި ހޮޖްސަން
ގޫގުލް
އިނގިރޭސި ޕްރިމިއާ ލީގު
ޕެލަސްގެ ކޯޗްކަމަށް ރޯއި ހޮޖްސަން އައްޔަނު ކޮށްފި
ރޯއި ހޮޖްސަންވަނީ މީގެ ކުރިން އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފަ
ޑިބޯ ޕެލަސްގެ ކޯޗުކަމުގެ މަގާމުގައި ހުރީ އެންމެ 77 ދުވަހު
ހޮޖްސަން ކްރިސްޓަލް ޕެލަސްގެ ކޯޗުކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެެއްބަސްވުމެއްގެ ދަށުން

އިނގިރޭސި ޕްރިމިއާ ލީގުގެ ކްރިސްޓަލް ޕެލަސްގެ ކޯޗު ކަމަށް ރޯއި ހޮޖްސަން އައްޔަނު ކޮށްފިއެވެ.

ހޮޖްސަން މި މަގާމަށް އައްޔަނު ކޮށްފައިވަނީ އިނގިރޭސި ޕްރިމިއާ ލީގްގައި އެ ޓީމުން ކުޅުނު ހަތަރު މެޗުން ވެސް ބަލިވުމާ ވިދިގެން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި  ހޮލެންޑްގެ ފްރޭންކް ޑިބޯ ކޯޗުކަމުގެ މަގާމުން ވަކިކުރުމުންނެވެ.

ފްރޭންކް ޑިބޯ ޕެލަސްގެ ކޯޗުކަމާ ހަވާލުވެފައި ވަނީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ކޯޗުކަމުގައި ހުރި ސޭމް އެލަޑައިސްއަށް ނަތީޖާ ނުނެރެވުމުގެ ސަބަބަން އޭނާ އެ މަގާމުން ދުރުކޮށް އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެހެން ނަމަވެސް ޑިބޯއަށް ވެސް މި މަގާމުގައި ދެމިހުރެވޭ ގޮތް ވަނީ ނުވެފައެވެ.

ޕެލަސްއިން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއްނުވެއެވެ. އަދި އެ ޓީމަށް މިހާތަނަށް ކުޅުނު މެޗުތަކުގައި އެއްވެސް ގޯލެއް ވެސް ޖެހިފައެއްނުވެއެވެ. މިކަމުގެ ސަބަބުން އެ ޓީމުގެ މެނޭޖްމަންޓުން ވަނީ ޑިބޯ ކޯޗުކަމުގެ މަގާމުން ވަކިކޮށް ރޯއި ހޮޖްސަން އެ މަގާމަށް އައްޔަނު ކޮށްފައެވެ. ޑިބޯ ޕެލަސްގެ ކޯޗުކަމުގެ މަގާމުގައި ހުރީ އެންމެ 77 ދުވަހުއެވެ.

ކްރިސްޓަލް ޕެލަސްގެ ކޯޗުކަމާ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހޮޖްސަން ހަވާލުވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން ލިވަޕޫލްއާ އިންޓަ މިލާނާ ވެސްޓް ބްރޮމްގެ އިތުރުން އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް