ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 15:49
މިޔަންމާގެ އެތައްހާސް ރޮހިންޖާ މުސްލިމުން ދަނީ ގައުމު ދޫކޮށް ދަތުރު ކުރަމުން
މިޔަންމާގެ އެތައްހާސް ރޮހިންޖާ މުސްލިމުން ދަނީ ގައުމު ދޫކޮށް ދަތުރު ކުރަމުން
އަލްޖަޒީރާ
ރޮހިންޖާ މުސްލިމުން
މިޔަންމާގެ މުސްލިމުން ގައުމަށް ގެންގޮސް އެބައިމީހުންނާ މެދު ހެޔޮކޮށް ކަންކަން ކުރަން ޖެހޭ: ބަންގްލަދޭޝްގެ ބޮޑު ވަޒީރު
 
މިޔަންމާގެ މުސްލިމުންނާ މެދު އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދަނީ ލާއިންސާނީ އަމަލުތަކެއް

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އެގައުމުގައި ހިނގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށްދާ އެތައްހާސް ރޮހިންޖާ މުސްލިމުން މިޔަންމާ އިން އަނބުރާ ގެންގޮސް އެމީހުންނާ މެދު ހެޔޮކޮށް ކަންކުރުމަށް ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ވިދާޅުވެއްޖެއެވެ. 

ބަންގްލަދޭޝްގައި ހުރި މިޔަންމާ މުސްލިމުންގެ ރެފިއުޖީ ކޭމްޕެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު ހަސީނާ ވިދާޅުވީ މިޔަންމާގެ ރޮހިންޖާ މުސްލިމުން ތަހައްމަލު ކުރަމުންދާ ނިކަމެތި ހާލާމެދު ހަމްދަރުދީ ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

މިދިޔަ އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ މުސްލިމުންނާ މެދު އެގައުމުގެ އަސްކަރިއްޔާ އިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ހެދި 370000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް ގޮސްފައިވެއެވެ. 

މިޔަންމާގެ ރަކައިން ސްޓޭޓުގައި މުސްލިމުންނާ މެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ޓިބެޓްގެ ބުޑިސްޓުންގެ ލީޑަރު ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ދާދިފަހުން  ވަނީ ގޮވާލައްވާފައެވެ. ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ  އަށް މިމޭރުމުން ގޮވާލެއްވީ ދާދިފަހުން އަން ސަން ސޫޗީ އަށް އޭނާ ފޮނުއްވި ސިޓީއެއްގައެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
100%
0%
0%
ކޮމެންޓް
12 ސެޕްޓެންބަރ 2017 | އަންގާރަ 16:17
މެންބަރު
ލަދު ޙަޔާތްކުޑަ ބުޅާގަނޑު ބަލާބަލަ ހުންނަ މުނާފިޤުކަން. މިއޮތް ހުރިހާދުވަހު މިޔަންމާގެ ޖަރީމާގަ ބައިވެރިވެފަ މިހާރު އެ އުޅެނީ އެހީގެ ލާރިގަނޑު ހަފުސްކޮށްލަން ކަމަށް. މުސްކުޅި ޑަކައިތުގަނޑު
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި