ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 12:27
ރޮނާލްޑޯ އާއި މެސީ އަދި ނޭމާ ފީފާ 18 ގައި
ރޮނާލްޑޯ އާއި މެސީ އަދި ނޭމާ ފީފާ 18 ގައި
ގޫގުލް
ކުޅިވަރު
"ފީފާ 18" ޕްލޭޔަޔ ރޭޓިންގެ އެންމެ ކުރި ރޮނާލްޑޯ އަށް ..!
ޕްލޭޔަރ ރޭޓިންގެ އެއްވަނަ ރޮނާލްޑޯއަށް ލިބިފައިވަނީ ޖުމްލަ 94 ޕޮއިންޓާއެކު.

އީއޭ ސްޕޯޓްސް އިން ކޮންމެ އަހަރަކު ވެސް ނެރެމުންގެންދާ ފުޓްބޯޅަ ގޭމް " ފީފާ 2018" ގެ ޕްލޭޔަރ ރޭންކިންގެ އެންމެ ކުރި މިފަހަރުވެސް ރެއާލްއާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެފެ.

 

ފީފާ 2018 ގެ މިފަހަރުގެ ގޭމްގައި ހިމެނޭ 100 ކުޅުންތެރިންގެ ރޭޓިންސް ހާމަކޮށްފައިވާއިރު، މި ރޭޓިންގެ އެއްވަނަ ރޮނާލްޑޯއަށް ލިބިފައިވަނީ އެވްރެޖް އޯވަރޯލް ރޭޓިން 94 ޕޮއިންޓު ލިބިގެންނެވެ.

 

ފީފާ 18 ގެ ނަމުގައި ފީފާއިން ނެރޭ މި ގޭމުގައި މިފަހަރު އެންމެ މަތީ ރޭޓިންއެއް ލިބިފައިވާ 100 ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯއަށް އެންމެ ކުރި ލިބޭއިރު، މިދިޔަ އަހަރުވެސް ލިސްޓުގެ އެންމެ ކުރީގައި އޮތީ 94 ގެ ރޭޓިންއަކާއި އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

 

މިއީ އޭނާއަށް މީގެ 4 އަހަރު ކުރިން ލިބިފައިވާ ރޭޓިން އެކެވެ. ލިސްޓުގެ ދެވަނަގައި 93 ޕޮއިންޓާއެކު މެސީ އޮތް އިރު ހަތަރު އަދި ފަސް ވަނާގައި 92 ޕޮއިންޓާ އެކު އޮތީ ނޭމާ އަދި ސުއަރޭޒެވެ.

 

މި ލިސްޓުގެ ގަދަ ދިހައެއްގައި މިފަހަރު ލައްވާލާފައިވާ ހަމައެކަނި ޕްރިމިއާ ލީގަށް ނިސްބަތްވާ ކުޅުންތެރިޔަކީ ޗެލްސީގެ އެޑެން ހަޒާޑެވެ. އޭނާއަށް 90 ގެ ރޭޓިންއެއް ލިބިފައިވާއިރު މިފަހަރު ގެ ލިސްޓުގެ 11 ވަނަ ހޯދި މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރ ޑޭވިޑް ޑެހެއާއަށް ވެސް ލިބިފައިވަނީ 90 ގެ ރޭޓިން އެކެވެ.



އީއޭ ސްޕޯޓްސްގެ ފީފާ 18 ގޭމް ދުނިޔޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ރިޕޯޓްތަށް ބުނާގޮތުން ރޮނާލްޑޯއަށް ރޭޓިންގެ އެއްވަނަ މިފަހަރުލިބުމުގެ އިތުރުން ފީފާ 18 ގެ ކަވަރ ފޮޓޯގައި ފޮޓޯ ހިމަނާފައި ވުމަކީ ފަސްވަނަ ބެލޮންޑޯ އެއް ރޮނާލްޑޯއަށް ލިބޭނެ ކަމުގެ އިޝާރާތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް