ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 10:03
ތޫފާން އިރްމާގެ ސަބަބުން ފްލޮރިޑާ ސްޓޭޓަށް ދަނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން
ތޫފާން އިރްމާގެ ސަބަބުން ފްލޮރިޑާ ސްޓޭޓަށް ދަނީ ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހެމުން
ގެޓީ އިމޭޖަސް
ތޫފާން އިރްމާ
ތޫފާން އިރްމާ: ފްލޮރިޑާ ސްޓޭޓުގެ 6.5 މިލިއަން ގެތަކުގައި ކަރަންޓްގެ ޚިދުމަތް ނެތް
 
ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ މައި ސަރުކާރުގެ ކުއްލި އެހީ ފްލޮރިޑާ އަށް ދިނުމަށް ނިންމާފައި

ތޫފާން އިރްމާ އެމެރިކާ އަށް އެރުމުގެ ސަބަބުން އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ ގެތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ގެތަކުގައި ކަރަންޓްގެ ޚިދުމަތް މެދު ކެނޑިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ. 

އިންޖިނިއަރުން ކަރަންޓުގެ ޚިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާއިރު ފްލޮރިޑާގެ 6.5 މިލިއަން ގެތަކުގައި އަދިވެސް ކަރަންޓްގެ ޚިދުމަތް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.  

ފްލޮރިޑާ ސްޓޭޓާއި އަދި އެ ސްޓޭޓު ކައިރީގައިވާ ޖަޒީރާ ރަށްތަކެއް ކަމަށްވާ "ފްލޮރިޑާ ކީސް" އަށް ތޫފާން އިރްމާ އެރި އިރު، އެ ތޫފާން އެރީ ކެޓެގަރީ ހަތަރެއްގެ ތޫފާނެއްގެ ގޮތުގައެވެ.

އާދިއްތަ ދުވަހު ތޫފާން އިރްމާ ފްލޮރިޑާ އަށް އެރިއިރު އަންގާރަ ދުވަހު އެ ތޫފާންގެ ބާރު މިހާރު ދަށްވެފައިވާ ކަމަށް ރިޕޯތުތައް ބުނެއެވެ. 

ތޫފާން އިރްމާ އެރުމުގެ ސަބަބުން އެމެރިކާގެ ފްލޮރިޑާ އިން މަދުވެގެން ހަތަރު މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، ތޫފާން އިރްމާ އެމެރިކާ އަށް އެރުމުގެ ކުރިން އަރާފައި ވަނީ ކެރީބިއަން ސަރަހައްދުގެ ގައުމުތަކަށެވެ. ކެރީބިއަން ސަރަހައްދުގެ ގައުމުތަކަށް ތޫފާން އިރްމާ އެރުމުގެ ސަބަބުން 37 މީހަކު މަރުވިއެވެ. 

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު