ކ. މާލެ
|
12 ސެޕްޓެންބަރ 2017 | އަންގާރަ 06:56
މައްސަލައިގައި ހައްޔަރުކުރި ދެމީހުން
މައްސަލައިގައި ހައްޔަރުކުރި ދެމީހުން
ގޫގުލް
ސައުދީ އަރަބިއްޔާ
އައިސިސްއިން ސައުދީގައި ދޭންއުޅުނު ހަމަލާއެއް ހުއްޓުވައިފި
 
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޔަމަނުގެ ދެ ރައްޔިތުން

ހަނގުރާމަވެރި އައިސިސް ޖަމާޢަތުން ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓްރީއަށް ދޭންއުޅުނު ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް އެ ޤައުމުން ބުނެފިއެވެ.

ސައުދީގެ ސަލާމަތީ ކަންކަމާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރިޔާޒްގައި ހުންނަ ސައުދީގެ ޑިފެންސް މިނިސްޓްރީގެ މައި ދެ އިމާރާތަށް އަމާޒުކޮށް ހަމަލާދޭން އުޅުނު ދެމީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައިވަނީ ހައްޔަރުކޮށްފައިވަނީ ޔަމަނުގެ ދެ ރައްޔިތުން ކަމުގައިވާ އަޙުމަދު ޔާސިރު އަލް ކަލްދީ އާއި އައްމާރް އަލީ މުޙައްމަދު ކަމަށެވެ. ހަށިގޮއްވާލައިގެން ހަމަލާ ދިނުމަށް ރޭވި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން، އެމީހުން ގޮއްވާލަން އުޅުނު ދެ އިމާރާތަށް ދިޔަ މަގުމަތީގައެވެ.

ބަޔާނުގައިވާގޮތުން، މިމީހުން ސައުދީއަށް އެތެރެވެފައިވަނީ ވަގު ޝަޚުސެއްގައިކަން ތަޙުޤީޤަށް އެނގިފައިވާއިރު، މި މީހުން ވަނީ ސައުދީގެ ބައެއްގެ ފަރާތުންވެސް މި ހަމަލާއަށް އެހީ ހޯދާފައެވެ.

ގޮވާތަކެއްޗާއި އެކު ހައްޔަރުކުރެވުނު ދެމީހުންނަށް އެހީވުމުގެ ތުޙުމަތުގައި ސައުދީގެ ދެ ރައްޔިތަކުވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ސައުދީން ބުނީ ހައްޔަރުކޮށްފައިވާ ސައުދީ ރައްޔިތުންގެ މައުލޫމާތު މިވަގުތު ހާމަކުރެވެން ނެތްކަމަށެވެ.

މި ހަމަލާގެ ތުޙުމަތުގައި ހައްޔަރުކުރެވުނު ޔަމަނުގެ ދެމީހުން އަތުން ފެނުނު ގޮވާތަކެތީގައި ޖުމްލަ 14 ކިލޯ ހުރިކަމަށް ސައުދީން ވަނީ ބުނެފައެވެ.

މި މީހުން ތަމްރީނުވުމަށް ބޭނުންކުރި ގެއެއްވެސް ރެއިޑް ކޮށްފައިވާއިރު، ސައުދީން ބުނީ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާ ވަރަކަށް އިތުރު މަޢުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
0%
0%
0%
100%
0%
0%
ކޮމެންޓް
ގުޅުންހުރި
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު