ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 19:39
ފްރެންކް ޑިބޯ
ފްރެންކް ޑިބޯ
ގޫގުލް
ކުޅިވަރު
ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި
ޑިބޯ ޕެލަސްގެ ކޯޗުކަމުގައި ހޭދަކުރީ 3 މަސްދުވަސް

އިނގިރޭސި ޕްރިމިއާ ލީގްގައި ކްރިސްޓަލް ޕެލަސް ކުޅުނު ހަތަރު މެޗުން ވެސް ބަލިވުމުން، އެ ޓީމުގެ ކޯޗް ހޮލެންޑްގެ ފްރޭންކް ޑިބޯ ކޯޗުކަމުގެ މަގާމުން ވަކިކޮށްފިއެވެ.

 

އެންމެ ފަހުން ލީގުގައި ކުޅުނު މެޗަށްފަހު ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ވަކި ގޮތެއް ނިންމާނެ ކަމަށް އިނގިރޭސި މީޑިއާތައް ބުނިތާ 48 ގަޑިއިރުވެސް ނުވަނީސް ޑިބޯއާ ޕެލަސްގެ ކޯޗުކަމުން މިވަނީ ވަކިކޮށްފައެވެ.

 

ބީބީސީން ރިޕޯޓް ކުރިގޮތުގައި ފްރޭންކް ޑިބޯ މަގާމާ މެދު ގޮތެއް މި ނިންމީ އެ މަގާމު ފޫބައްދާނެ އެހެން ކޯޗަކު ޕެލަސްއަށް ހަމަޖެއްސުމަށް ފަހުގައެވެ. އެހެން ނަމަވެސް ޑިބޯގެ ބަދަލުގައި ޕެލަސްގެ ކޯޗަކަށް ހަމަޖެއްސީ ކޮން ފަރާތެއްކަން ހާމަކޮށްފައެއް ނުވެއެވެ.

 

ބައެއް ރިޕޯޓްތަކާއި ހަވާލަދީ ބީބީސީން ބުނެފައި ވަނީ، ޑިބޯގެ ބަދަލުގައި ޕެލަސްއިން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ރޯއީ ހޮޖްސަން ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޑެއިލީ ޓެލެގްރާފްގައި ބުނެފައިވަނީ، ޑިބޯގެ ބަދަލުގައި، ކޯޗަކަށް ހަމަޖައްސާނެ ކަމަށް ބެލެވޭނީ ޕެލަސްގެ ސްޕޯޓިން ޑައިރެކްޓާ ޑަގީ ފްރީޑްމަން ކަމަށެވެ. ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިބޯއާއާ ކޯޗް ކަން ހަވާލު ކުރީ މި އަހަރު ޖޫން މަހު އެވެ. އޭގެ ކުރިން ކޯޗަކަށް ހުރީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ސޭމް އަލަޑައިސް އެވެ.

 

އަލަޑައިސް މަގާމުން ވަކިކޮށް ޑިބޯ ޕެލަސްގެ ކޯޗުކަމަށް ގެނައީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް އޭނާއަށް ޕެލަސްގެ ކޯޗު ކަމުގައި ހުރެވުނީ 3 މަސް ދުވަހުއެވެ.

3 މަސް ދުވަހައް ފަހު މަގާމު ގެއްލުމުން އެކަމާއި ބެހޭ ގޮތުން މީޑިއާއިން ސުވާލު ކުރުމުން ޑިބޯ ބުނީ އޭނާ އިތުރަށް މި ކަމާ ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި އެހެން ނަމަވެސް ބޭނުންވަނީ އިތުރަށް ކޯޗުކަމުގައި ކުރިޔައްދާން ކަމަށެވެ.

" ދެން އިތުރަށް އެމައްސަލަ އާއި ގުޅޭގޮތުން ވާހަކަދެއްކުމަކީ ކުރާ ހިއްވާ ކަމެއް ނޫން. އެހެން ނަމަވެސް އަދިވެސް ކޯޗިންދާއިރާއިން އިތުރަށް ކުރިޔަށް ދާން ބޭނުންވޭ." ޑިބޯއާ ބުންޏެވެ.



ޕެލަސް މިހާތަނަށް ލީގުގައި ކުޅެފައިވާ ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ޕްރިމިއާ ލީގްގައި މުޅިން އަލަށް ވާދަ ކުރާ ހަޑާސް ފީލްޑް އަތުންވެސް ޕެލަސް ވަނީ 3-0 ން ބަލިވެފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް