ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 19:36
ޖުވެންޓަސްގެ ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ.
ޖުވެންޓަސްގެ ބައެއް ކުޅުންތެރިން އުފާފާޅު ކުރަނީ.
ގޫގުލް
ކުޅިވަރު
މާކީޒިއޯ، ކެދީރާ އަދި ކިއެލީނީ އަށް ބާސާ މެޗުގައި ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ
މާކީސިއޯ އާއި ކެދީރާއަށް މާދަމާރޭގެ މެޗުގައި ނުކުޅެވޭނެ ކަން ވަނީ ކަށަވަރުވެފަ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގައި އެޓީމުގެ މުހިންމު ތިން ކުޅުންތެރިން ކަމުގައިވާ ކްލައުޑިއޯ މާކީޒިއޯ އާއި ސާމީ ކެދީރާ އަދި ކިއެލީނީއަށް ކުޅެވޭނެ ކަމާމެދު އެ ޓީމުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ސުވާލު އުފައްދައިފި އެވެ.

މުހިންމު ތިން ކުޅުންޔެރިންނަށް އަނިޔާގެ މައްސަލަ ކުރިމަތިވެ މާދަމާރޭ ބާސެލޯނާއާ ދެކޮޅަށް ނުކުޅެވުމަކީ ހިތާމަކުރާ ކަމެއްކަމުގައި އެލެގްރީ ވަނީ ބުނެފައެވެ.

 

އެންމެ ފަހުން ލީގުގައި ކިއޭވޯ ވެރޯނާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ކެދީރާ އަދި މަކީސިއޯ ކުޅެފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މެޗުގައި ކިއެލީނީ ކުޅެފައިވީނަމަވެސް އޭނާ މިވަގުތު ހުރީ މުޅިން ފިޓްކޮށްނޫންކަމަށް އެލެގްރީ ވަނީ ބުނެފައެވެ.

 

މި ތިން ކުޅުންތެރިންގެ އިތުރުން ފޯވާޑް މާރިއޯ މަންޒުކިޗް އާ މެދުވެސް ޔަގީންކަމެއް ނެއް ކަމަށް އެލެގްރީ ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެންމެ ފަހުން ލީގުގައި ކިއޭވޯއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ނުކުޅުނު ފުލްބެކް އެލެކްސް ސެންޑްރޯ އަށް ބާސާއާ ދެކޮޅަށް ކުޅެވޭނެ ކަމަށް އެލެގްރީ އުއްމީދުކުރެ އެވެ. ކިއޭވޯ މެޗުގައި ސެންޑްރޯއަށް ނުކުޅެވުނީ ހުމުގެ ސަބަބުންކަމަށް އެލެގްރީ ބުންޏެވެ.

 

މާދަމާރޭ ބާސާ ދެކޮޅަށް އިޓަލީގެ ޗެމްޕިއަން ނިކުންނައިރު، އަނިޔާގެ މައްސަލަ ބޮޑުނަމަވެސް އުންމީދު ދޫކޮށް ނުލާނޭ ކަމަށް ކޯޗު އެލެގްރީ ވަނީ ބުނެފައެވެ.

 

"އަނިޔާގެ މައްސަލަ ކިތަންމެ ހާވެސް ބޮޑު. މުހިންމު ގިނަ ކުޅުންތެރިން ފިޓެއް ނޫން. އެކަމާ ކަންބޮޑުވޭ، އެހެން ނަމަވެސް އުންމީދު ކުރަނީ ހަމަ މޮޅަކަށް," ޔުވެންޓަސްގެ ކޯޗު އެލެގްރީ ބުނޏެވެ.

 

މި ދެޓީމު ވަނީ އެންމެ ފަހުން ޗެމްޕިއަންސް ލީގުގައިވެސް ބައްދަލުކޮށްފައެވެ. ކުއާޓާފައިނަލްގައި ބައްދަލުކޮށް

3-0 އިން ބާސާ ބަލިކޮށްފަ ފައިނަލުން ޖާގަހޯދީ ޖުވެންޓަސްއެވެ.

 

މާދަމާރޭ ބާސެލޯނާ އަދި ޔުވެންޓަސް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭ ގަޑިން 11:45 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް