ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 08:41
މުސްލިމުން އެމީހުންގެ އަމިއްލަ ގެތައް އަންދާ ފޮޓޯކަމަށް ބުނެ ނޫސްވެރިންނަށް ދީފައިވާ ފޮޓޯތައް
މުސްލިމުން އެމީހުންގެ އަމިއްލަ ގެތައް އަންދާ ފޮޓޯކަމަށް ބުނެ ނޫސްވެރިންނަށް ދީފައިވާ ފޮޓޯތައް
ބީބީސީ
ރޮހިންޖާ މުސްލިމުން
މިޔަންމާ ސަރުކާރުން އޮޅުވާލަން އުޅޭކަމަށް މަންގްޑޯއަށް ދަތުރުކުރި ނޫސްވެރިއަކު ބުނެފި!
ބީބީސީގެ ދެކުނު އޭޝިއާގެ ކޮރެސްޕޮންޑެންޓް ޖޮނަތަން މާކް ހެޑް ބުނި ގޮތުގައި މުސްލިމުންނޭ ކިޔައިގެން އެމީހުންނަށްވަނީ "ފޭކް" ފޮޓޯތަކެއް ދީފައި
މުސްލިމުން ދެމުންދާ އަނިޔާތަކާ ގުޅިގެން ވާހަކަ ދެއްކުމަށް ހިންދޫ ބައެއް ހަމަޖައްސަދީފައިވާކަމަށައި، މުސްލިމުން އަމިއްލައަށް ގެތައް ރޯކުރަނީކަމަށް ބުނެ ދީފައިވާ ފޮޓޯތަކުގައި ހިމެނޭ ދެ މީހެއް އެމީހުންގެ
25 އޮގަސްޓުން ފެށިގެން މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހަމަނުޖެހުންތައް ގިނަވެ، 300،000 އަށް ވުރެ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝަށް ދަތުރުކޮށްފައި

ރަޚައިން ސްޓޭޓްގައި ކުރިއަށްދާ ކަންތައްތައް އޮޅުވާލުމަށް މިޔަންމާގެ ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަންގޑޯ ސަރަަހައްދަށް ދިއުމުގެ ފުރުސަތު ލިބުނު މަދު ނޫސްވެރިންގެ ތެރޭގައި ހިމެނޭ ބީބީސީގެ ދެކުނު އޭޝިއާގެ ކޮރެސްޕޮންޑެންޓް، ޖޮނަތަން މާކް ހެޑް ބުނެފި އެވެ.

ފޭސްބުކް ޕޭޖް މެދުވެރިކޮށް ޖޮނަތަން ބުނި ގޮތުގައި މަންގޑޯއަށް ދަތުރު ކުރި ނޫސްވެރިންނަށް ވަނީ "މުސްލިމުން އެމީހުންގެ އަމިއްލަ ގެތައް އަންދާ ފޮޓޯތަކެއް ދީފަ"އެވެ. އެއީ އެމީހުންނަށް އެތަނަށް ދިއުމުން ދީފައިވާ ފޮޓޯތަކެއްކަން ޖޮނަތަން ފާހަގަ ކުރިއެވެ.

މީގެ ކުރިންވެސް މިޔަންމާ ސަރުކާރުން ބުނަމުންދަނީ ގެތައް ރޯކޮށް ހަދަނީ ރޮހިންޖާ މުސްލިމުންކަމަށެވެ.

އޭނާ ބުނީ މުސްލިމުން ދެމުންދާކަމަށް ބުނާ ހަމަލާތަކާ ގުޅިގެން ހިންދޫ ދީނުގެ ބަޔަކާ އިންޓަވިއު ކުރުމަށް މިޔަންމާ ސަރުކާރުން 6 ސެޕްޓެމްބަރގައި ފުރުސަތު ދިންކަމަށެވެ. އަދި އެމީހުންގެ ތެރޭގައި މުސްލިމުން ގޮތަށް ހެދުން އަޅައިގެން ގެ ރޯ ކުރާ ފޮޓޯތަކުގައި ފެންނަ ދެމީހުން ހިމެނޭކަމަށް ޖޮނަތަން ފާހަގަކުރިއެވެ.

ޖޮނަތަން ބުނަނީ ހަގީގަތުގައި ފޮޓޯއަށް ރަނގަޅަށް ބަލާލިއަސް އެއީ "ފޭކް" އެއްޗެއްކަން އެނގޭ ކަމަށާއި، އެ މީހުން ތިބީ ބޮލުގައި މޭޒުމަތީ އަޅާ ފޮތިގަނޑު އަޅައިގެން ކަމަށެވެ.

25 އޮގަސްޓުން ފެށިގެން މިޔަންމާގެ ރަޚައިން ސްޓޭޓްގައި ހަމަނުޖެހުންތައް ގިނަވެ، 300،000 އަށް ވުރެ ރޮހިންޖާ މުސްލިމުން ވަނީ ބަންގްލަދޭޝަށް ދަތުރުކޮށްފައެވެ. އަދި ސަރުކާރުން ދަނީ އިންސާނީ އެހީ ފޯރުކޯށްދޭ ޖަމިއްޔާތަކަށް ހުރަސް އަޅަމުންނެވެ.

- ކޮމެންޓް