ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 07:48
ގްރޭޓް ނޯތް ރަން ކާމިޔާބު ކުރުމަށްފަހު މޯފަރަހް
ގްރޭޓް ނޯތް ރަން ކާމިޔާބު ކުރުމަށްފަހު މޯފަރަހް
ގެޓީ އިމޭޖަސް
އެތްލެޓިކްސް
ގްރޭޓް ނޯތް ރަން ހަތަރު ވަނަ ފަހަރަށް މޯފަރަހް ކާމިޔާބުކޮށްފި
މި މެރަތަން ފަރާހް ކާމިޔާބުކޮށްފައިވަނީ އެއްގަޑިއިރާ ހަ ސިކުންތުން މެރަތަން ނިންމައިގެން
މި މޮޅާއެކު ފަރަހް ވެގެންގޮސްފައިވަނީ މި މެރަތަން ޖެހިޖެހިގެން ހަތަރު ފަހަރު ކާމިޔާބުކުރި ފުރަތަމަ އެތްލީޓަށް
ކޮންމެ އަހަރަކުވެސް ގްރޭޓް ނޯތް ރަންގައި 57000 ދުވުންތެރިން ބައިވެރިވޭ

ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު ހާފް މެރަތަން ކަމަށްވާ ގްރޭޓް ނޯތް ރަން ހަތަރުވަނަ ފަހަރަށް އިނގިރޭސިވިލާތުގެ ދިގު ރާސްތާ ދުވުންތެރިޔާ މޯފަރަހް ކާމިޔާބުކޮށްފިއެވެ.

އިރުއުތުރު އިންގްލޭންޑްގެ ސަރަހައްދުގައި ބޭއްވުނު މި މެރަތަން ފަރާހް ކާމިޔާބުކޮށްފައިވަނީ އެއްގަޑިއިރާ ހަ ސިކުންތުން މެރަތަން ނިންމައިގެންނެވެ. 34 އަހަރުގެ ފަރަހްއާ އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ނިއުޒިލޭންޑުގެ ޖޭކް ރޮބާޓްސަންއެވެ. މި މޮޅާއެކު ފަރަހް ވެގެންގޮސްފައިވަނީ މި މެރަތަން ޖެހިޖެހިގެން ހަތަރު ފަހަރު ކާމިޔާބުކުރި ފުރަތަމަ އެތްލީޓަށެވެ. އަދި އޭނާވަނީ މި މެރަތަން އެންމެ ގިނައިން ކާމިޔާބުކުރި އެތްލީޓުގެ ރެކޯޑާ އަރާ ހަމަކޮށްފައެވެ. މި މެރަތަން އެންމެ ގިނަފަހަރު ކާމިޔާބުކޮށްފައިވަނީ ކެންޔާއަށް ނިސްބަތްވާ ބެންސަން މަސްޔާއެވެ.

މިއަހަރު ބޭއްވުނު ވޯލްޑް އެތްލެޓިކްސް ޗެމްޕިއަންޝިޕަށްފަހު އިންޑޯ ޓްރެކް ރޭސްތަކުން ރިޓަޔާކުރި ފަރާހް މި މެރަތަން ކާމިޔާބުކުރުމަށްފަހު ބުނެފައިވަނީ މި މޮޅަކީ ވަރަށް އުދަގުލުން އޭނާ ހޯދި އެއްޗެއް ކަމަށާ އަދި މެރަތަންގެ ހަތަރު މޭލު ބާކީ އޮއްވާ ވަރަށް ގިނަ އުނދަގޫތަކާ ދިމާވި ކަމަށާ އެހެނަސް ކަށިން ހިތްވަރު ނެރެ މެރަތަން ކާމިޔާބުކުރެވެމުން ވަރަށް އުފާވާ ކަމަށެވެ.

މި މެރަތަންގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކެންޔާގެ މޭރީ ކެއިޓަނީއެވެ. މިއީ އޭނާ މި މެރަތަންގެ އަންހެން އިވެންޓް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އަދި ފިރިހެން ވީލްޗެއާ އިވެންޓުގެ އެއްވަނަ ހޯދީ ސައިމަން ލޯސަންއެވެ. އަދި އަންހެން އަންހެން ވީލްޗެއާ އިވެންޓުގެ އެއްވަނަ ހޯދީ މެނުއޭލާ ޝާއެވެ.

މި މެރަތަންގައި ދުވުންތެރިން 13.1 މޭލު ކަޑައްތުކުރަން ޖެހެއެވެ. ކޮންމެ އަހަރަކުވެސް ގްރޭޓް ނޯތް ރަންގައި 57000 ދުވުންތެރިން ބައިވެރިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް