ގާނޫނީ ވަކީލުން ފަތުރާލައިފައިވާ މަޅީގައި ސުޕްރީމް ކޯޓުން ރަގަޅަށް ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒުގެ އިތުރުން ބައެއް އެހެން ވަކީލުން ސުޕްރީމް ކޯޓަށް ފާޑުކިޔަމުން ދަނީ، 54 ވަކީލުން ސަސްޕެންޑްކުރީ ރާއްޖޭގެ ޝަރުއީ ނިޒާމާ ދޭތެރޭ ކަންބޮޑުވުންފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ހޯދައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ.
Lawyer fathuraali malhithakuga SC rangalhah jehihje. https://t.co/8ZtWxHyr7D
— Fayyaz Ismail (@faya_i) September 10, 2017
ޤާނޫނީ ވަކީލް އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވަނީ ދެ މީހެއްގެ ނުފޫޒުގައި ޤާނޫނު އަސާސީ ވީދައި ކަމުން ދާ ކަމަށާއި ޖުޑިޝަރީގެ ހާލަތު ވަރަށް ރަގަޅަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
ޤާނޫނު އަސާސީ އަދި ޤާނޫނޭ ކިޔާ މަލާމަތް ކުރަން ލަދު ނުގަންނޭތޯ ވިދާޅުވެ އަލީ ޒާހިރު ވަނީ ސުވާލު އުފައްދަވައިފަ އެވެ.
Thiya judiciary ge haalathu thi fennani. QA ey Qanooney kiyaa malamaai kuran ladhey nuganeytho? 2meehehgge nufoozuga QA veedhaigen kani. ? https://t.co/zYDk74JYL9
— Ali Zahir (alipi) (@alixahir) September 10, 2017
QA ge 141 ge (ނ) ā khilafah AG Anil CP Areef & Shiyam kuravavva kanthah kobatho? Dhen QA ge 142 vana maadha uvifatho mihaaru othi? #ladh https://t.co/zYDk74JYL9
— Ali Zahir (alipi) (@alixahir) September 10, 2017
އަލީ ޒާހިރު ކުރެއްވި އެހެން ޓުވީޓެއްގެ ވިދާޅުވީ ނެރުއްވާ އަމުރަކުން ކުރައްވާ ސަސްޕެންޑަކުން ހުރުމަތެއް އަދި ޤަދަރެއްވެސް ލިބިނުލައްވާނެ ކަމަށެވެ.
Dhen thibę liyankiyan nudhanna baekey tho heevani? Nerey amurakun kura suspendakun Hurumatheh Qadhareh nulibeyne. QA ā eygothah kankuravva. pic.twitter.com/L2lfQzZK3I
— Ali Zahir (alipi) (@alixahir) September 10, 2017
ޤާނޫނީ ވަކީލް މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ވަކީލެއް ކައިރިން ސޮއި ކުރެއްވި ތޯ އައްސަވާ ނުލައްވާ އެންމެން ސަސްޕެންޑުކޮށްފައިވާ ކަމަށާއި ވަކީލުންގެ ތެރޭގައި ގާރީ ރަޝީދެއް ހުރެދާނެ ކަމަށެވެ.
Soi kurintho ehves vakeeleh kairi ahaalumeh nethi emmen suspended. Gaimu vakeelun therey ves Qaaree Rasheedheh huredhaane tha dho
— Moosa Siraj (@MoosesSiraj) September 10, 2017
ސިރާޖު އިޝާރާތް އެ ކުރެއްވީ ކޮންކަމަކާ ގުޅިގެން ކަމެެއް އަދި ކާކަށް ކަމެއް ނޭނގެ އެވެ. މި އަހަރުގެ ޖުލައި މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދުގެ ނަމުގައި ކޮށްފައިވަނީ ވަގު ސޮޔެއް ކަމަށް އޭނާ ވަނީ ކުރިން ވިދާޅުވެފައެވެ. އެހެން ނަމަވެސް އެއީ ސައްޚަ ސޮޔެއް ކަމަށް ފަހުން އޭނާ ވަނީ އެއްބަސްވެވަޑައިގެން ފައެވެ.