ކެރީބިއަންގެ ސަރަހައްދުގައި އުފެދުނު ތޫފާން އިރްމާ އެމެރިކާގެ ފްލޮރިޑާގެ ސަރަހައްދުތަކަށް އަރައިފިއެވެ.
އާދިއްތަ ދުވަހު ފްލޮރިޑާގެ ހުޅަނގުދެކުނު ސަރަހައްދަތުކަށް އިރްމާ އަރާފައިވާއިރު ފްލޮރިޑާ ސްޓޭޓުގެ ބައެއް ސަރަހައްދުތަކަށް އަންނަނީ ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ. އެގޮތުން 155 މޭލުގެ ބާރު މިނުގައި ވައި ޖެހެމުންދާ ކަމަށް އެމެރިކާގެ ނެޝެނަލް ހަރިކޭން ސެންޓާ އިން ހާމަކުރެއެވެ.
މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ފްލޮރިޑާ ސްޓޭޓުގެ ނޭޕަލްސްއަށެވެ. އިރްމާގެ ވައި ގަދަކަމުން ނޭޕަލްސްގެ ގެތަކަށާ ރުށްގަހަށް ބޮޑެތި ގެއްލުންތަށް އަންނަނީ ލިބެމުންނެވެ. މި ތޫފާނުގެ ބާރު ގަދަވަމުގެ ސަބަބުން މި ތޫފާން ވަނީ ކެޓަގަރީ ތިނެއްގެ ހަރިކޭންއަކަށް ބަދަލު ކޮށްފައެވެ.
މި ތޫފާނުގެ ސަބަބުން ފްލޮރިޑާ ސްޓޭޓުގެ އާބާދީގެ 5.6 މިލިއަން މީހުން ނުވަތަ އާބާދީގެ 25 އިން ސައްތަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ވަނީ އަންގާފައެވެ.މި ތޫފާނުގެ ސަބަބުން ފްލޮރިޑާގެ 2.3 މިލިއަން މީހުންނަށް ކަރަންޓުގެ ހިދުމަތް ވަނީ ކެނޑިފައެވެ.
މީގެ ކުރިން ތޫފާން އިރްމާ ކެރީބިއަން އަށް އެރުމުގެ ސަބަބުން 1.6 މިލިއަން މީހުންނަށް ކެރީބިއަން ސަރަހައްދުން އަސަރުކޮށްފައިވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.