ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 02:43
ރައީސް ނަޝީދު ސްކައި ނިއުސް އަށް ދެއްވި އިންޓަވިއު ތެރެއިން
ރައީސް ނަޝީދު ސްކައި ނިއުސް އަށް ދެއްވި އިންޓަވިއު ތެރެއިން
ސްކައި ނިއުސް
ރައީސް ނަޝީދު
އުއްތަމަ ފަނޑިޔާރަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ:ނަޝީދު
ވަކީލުން ސަސްޕެންޑްކުރުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

 

އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 54 ވަކީލުން ސަސްޕެންޑުކޮށްފައިވަނީ  ޤާނޫނަށް އަމަލުކުރުން ކުޑަކަމަށް ވަކީލުން ވިދާޅުވެ، އެކަންތައްތަކާއި މެދު ކަންބޮޑުވުން ފާޅުކުރެއްވުމުން ދިޔަ ދަނޑިވަޅެއްގައި ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި އެ ވަކީލުން ސަސްޕެންޑުކުރމަކީ އުއްތަމަ ފަނޑީޔާރަށް އަމާޒުކޮށް ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

54 ވަކީލުން ސަސްޕެންޑުކުރުމާއި ގުޅިގެން އާދިއްތަ ދުވަހު ރައީސް ނަޝީދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން 54 ވަކީލުން ސަސްޕެންޑުކޮށްފައި ވަނީ ޤާނޫނު އަސާސީ އާއި މުޅިން ޙިލާފަށް ކަމަށާއި ދިވެހި ރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށާއި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ޤާނޫނު އަސާސީ އާއި ޙިލާފަށް 54 ވަކީލުން ސަސްޕެންޑުކޮށްފައިވާ ފަރާތެއް ހައްޔަރުކުރުމަށް ގޮވާލައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމުގެ މަސައްކަތްތައް ފަށާފައިވަނި ކޮށެވެ.

ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންގެ ފަރާތުން "ފާޓު ފުޅާ" ގާނޫނު އަސާސީއެއް ބަންޑާރަ ނައިބު މުހައްމަދު އަނިލް އަށް އާދިއްތަ ދުވަހު ވަނީ ވެދުން ކޮށްފައެވެ. 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް