ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 01:54
ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކުރަނީ
ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަކުރަނީ
އޭއެފްޕީ
ރޮހިންޖާ މުސްލިމުން
އިންޑިއާ އިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބަންގްލަދޭޝުން ގޮވާލައިފި
އދގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިޔަންމާގެ ރަހައިން ސްޓޭޓް ދޫކޮށް 300،000 މީހުން ވަނީ މިއަހަރުގެ އޮގަސްޓު މަހު ހިޖުރަކޮށްފައި

އިންޑިއާ އިން ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަށް ބަންގްލަދޭޝް އިން ގޮވާލައިފިއެވެ.

އާދިއްތަ ދުވަހު ބަނގްލަދޭޝުން ވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝް އަށް ދިޔަ ރެފިއުޖީނަށް މިޔަންމާއިން އަލުން ބޯހިޔާވަހިކަން ދިނުމަށް، މިޔަންމާގެ މައްޗަށް އިންޑިއާ އިން ޕްރެޝަރުކުރުމަށް ގޮވާލާފައެވެ.

އދގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިޔަންމާގެ ރަހައިން ސްޓޭޓް ދޫކޮށް 300،000 މީހުން ވަނީ މިއަހަރުގެ އޮގަސްޓު މަހު ހިނގި ހަމަނުޖެހުންތަކަށްފަހު ބަންގްލަދޭޝަށް ހިޖުރަކޮށްފައެވެ. މި ހަމަނުޖެހުން ހިނގަން މެދުވެރިވީ ރޮހިންޖާ ދަރިކޮޅަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ އަރްސާއިން މިޔަންމާގެ ރަހައިން ސްޓޭޓްގެ ސިފައިންގެ ޕޯސްޓަށް ދިން ހަމަލާ އަކާއި ގުޅިގެންނެވެ.

އަވާމީ ލީގުގެ ޖެނެރަލް ސެކެޓަރީ އަދި ބަންގްލަދޭޝްގެ ސިނިއަރ މިނިސްޓަރ އުބައިދުލް ޤާދިރް ވިދާޅުވީ މުޅި ދުނިޔެ ވަނީ ރޮހިންޖާ މުސްލިމުންނަށް ކުރަމުންދާ ލާއިންސާނީ އަނިޔާތަކާއި މެދު ކަންބޮޑުވެފައި ކަމަށާއި އިންޑިއާއިންވެސް އެމީހުންގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާ ކަމަށެވެ.

ދާދިފަހުން މިޔަންމާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ، އިންޑިއާ އޮތި މިޔަންމާގެ ސަރުޚާރާއި އެކު ކަމަށް ވިދާޅުވެ، "ރަހައިން ސްޓޭޓްގައި ޓެރަރިސްޓުން ހިންގަމުންދާ ޖަރީމާތަކާއި މެދު" އޮތް ކަންބޮޑުވުންތައް އެ ޤައުމުގެ ސަރުކާރާއި ހިއްސާކުރައްވާފައެވެ.

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން އެ ދަރިކޮޅުގެ ގިނަ އަދަދެއްގެ މުސްލިމުން ދަނީ ބަނގްލަދޭޝްއަށް ހިޖުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް