ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 01:16
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް
އެމްއެންޑީއެފް
ޗީފް އޮފް ޑިފެންސް ފޯސް
ޗީފް އޮފް ޑިފެންސް ފޯސް ޖަޕާން އަށް ފުރާވަޑައިގެންފި
މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް މާލެ ވަޑައިގަންނަވަނީ މި މަހު 15 ވަަނަ ދުވަހު

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާދިއްތަ ދުވަހު  ޖަޕާން އަށް ފުރާވަޑައިގެންފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޭޖަރ ޖެނެރަލް ސިޔާމް ކުރައްވާ ދަތުރުފުޅަކީ ޖަޕާނުގައި  ބޭއްވުމަށް ހަމަޖެހިފައިވާ "ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. އަދި މި މަހުގެ 11 އިން ފެށިގެން 14 އާއި ހަމައަށް މޭޖަރ ޖެނެރަލް ސިޔާމް ޖަޕާނުގައި ހުންނަވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.  

މި ސަމިޓަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިން އެންވާރަމެންޓް ޕްރޮޓެކްޝަނާއި ގުޅުން ހުރި ކަންތައްތަކާއި މެދު މަޝްވަރާކުރެއްވުމަށް ބާއްވާ ސަމިޓެކެވެ. "ޖަޕާން ކޯސްޓްގާޑް ގްލޯބަލް ސަމިޓް" ގައި 36 ޤައުމެއްގެ އިތުރުން ބޭރުގެ ބައެއް ޖަމިއްޔާތަކުން ބައިވެރިވުމަށް ވަނީ ނިންމާފައެވެ.

މި ސަމިޓުގައި ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ސެޕްޓެންބަރ 2017 | ހޯމަ 13:16
ޕްރޮޓެކްޝަނާއި
މަހީކުރީ ބަރުމާއަށް ކަމަށް