ކ. މާލެ
|
11 ސެޕްޓެންބަރ 2017 | ހޯމަ 01:56
ޔޫއެސް އޯޕަންގެ ޗެމްޕިއަން ސްޓެފަންސް
ޔޫއެސް އޯޕަންގެ ޗެމްޕިއަން ސްޓެފަންސް
ގޫގުލް
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ސްޓެފަންސް ހޯދައިފި
ސްޓެފަންސް ވަނީ މެޑިސަން ކީސް ސީދާ ދެ ސެޓުން ބަލިކޮށްފަ
ސްޓެފަންސް ވެގެންދާނީ ސީޑު ނުކުރެވި މުބާރާތް ކާމިޔާބުކުރި ފަސްވަނަ ކުޅުންތެރިޔާއަށް
ޗެމްޕިއަންކަން ސްޓެފަންސް ހޯދުމާއެކު އިނާމެއްގެ ގޮތުގައި އެނާއަށްވަނީ 3.7 މިލިއަން ޑޮލަރު ލިބިފަ

ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން އެމެރިކާގެ ސްލޮއާނާ ސްޓެފަންސް ހޯދައިފިއެވެ.

އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ސްޓެފަންސް ވަނީ ސީދާ ދެ ސެޓުން މުބާރާތުގައި 15 ވަނައަށް ސީޑުކުރެވިފައިވާ އެމެރިކާގެ މެޑިސަން ކީސް ބަލިކޮށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މުބާރާތާ ކުރިމަތިލިއިރު އޭޓީޕީ ރޭންކިންގެ 83 ވަނައިގައި ރޭންކް ކުރެވިފައި އޮތް ސްޓެފަންސް މި މެޗުގެ ސެޓުތަށް ގެންގޮސްފައިވަނީ 6-3 އަދި 6-0 އަކުންނެވެ.

އޯޕެންއެރާގައި ސީޑުކުރެވިފައި ނުވާ ކުޅުންތެރިޔަކު ޔޫއެސް އޯޕަން ކާމިޔާބު ކޮށްފައިވަނީ ހަތަރު ފަހަރެވެ. މި މޮޅާއެކު ސްޓެފަންސް ވެގެންދާނީ ސީޑު ނުކުރެވި މުބާރާތް ކާމިޔާބުކުރި ފަސްވަނަ ކުޅުންތެރިޔާއަށެވެ. މީގެ 11 މަސްދުވަސް ކުރިން ސްޓެފަންސްއަށް ކުރިމަތިވި އަނިޔާއެއްގެ ސަބަބުން އޭނާގެ ރޭންކިން 967 އަށް ވެއްޓުނެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވާހަކަދައްކަމުން ސްޓެފަންސް ބުނެފައިވަނީ ޗެމްޕިއަންކަން ލިބުނުކަން ގަބޫލްކުރަން ދަތިކަމަށާ އޭނާއަށް އެ ހިސާބަށް އާދެވުނު ގޮތް ކިޔައިދޭންވެސް ނޭގޭ ކަމަށެވެ. މި މުބާރާތުގެ އަންހެން ޗެމްޕިއަންކަން ސްޓެފަންސް ހޯދުމާއެކު އިނާމެއްގެ ގޮތުގައި އެނާއަށްވަނީ 3.7 މިލިއަން ޑޮލަރު ލިބިފައެވެ. މި މެޗު ވެގެން ގޮސްފައިވަނީ އަނިޔާއަށް ފަހު ކުޅުމުގެ ތެރެއަށް އެނބުރި އައިސް އޭނާ ކުޅުނު 17 މެޗުގެ ތެރެއިން 15 ވަނަ މެޗަށެވެ.

މުބާރާތުގެ ރަނަރަޕްއަކަށް ހޮވުނު ކީސް ބުނެފައިވަނީ ސްޓެފަންސްއަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަމަށާ ސްޓެފަންސްއާ ދެކޮޅަށް ފައިނަލެއްގައި ކުޅުމަކީ ވަރަށް ހާއްސް ހަދާނުން ނުފޮހެވޭނެ ކަމެއް ކަމަށެވެ.

މި މުބާރާތް ސްޓެފަންސް ކާމިޔާބު ކޮށްފައިވާއިރު އޭނާ ވެގެންގޮސްފައިވަނީ 2002 ގެ ފަހުން ސެރޭނާ ވިލިއަމްސްއާ ވީނަސް ވިލިއަމްސްގެ ފަހުން ގްރޭންޑް ސްލޭމްއެއް ކާމިޔާބުކުރި އެމެރިކާއަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް