ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 12:02
އިވާން ޕެރިސިޗް
އިވާން ޕެރިސިޗް
ގޫގުލް
ކުޅިވަރު
އިވާން ޕެރިސިޗް އިންޓަމިލާންގެ އެއްބަސްވުން އާކޮށްފި
ޕެރިސިޗް އިންޓަގެ އެއްބަސްވުން އާކުރީ އިތުރު 5 އަހަރަށް

އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ އުމުރުން 28 އަހަރުގެ ފޯވަޑް އީވާން ޕެރިސިޗް، އިންޓަގެ އެއްބަސްވުން އާކޮށްފިއެވެ.

ޕެރިސިޗް އޭނާގެ މިހާރުގެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ފަސް އަހަރަށް އާކުރުމާއި އެކު 2022 ވަނަ އަހަރުގެ ނިޔަލަށް އޭނާ އިންޓަމިލާނުގައި މަޑުކުރާނެއެވެ.

ޕެރިސިޗްއަކީ ނިމިގެންދިޔަ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ޔުނައިޓެޑުން ހޯދަން މަސައްކަތްކުރި ކުޅުންތެރިއެކެވެ. އިންޓައިން ޔުނައިޓެޑުގެ ހުށަހެޅުންތައް ދޫކޮށްލައި، މިހާރު ވަނީ ޕެރިސިޗްއާއެކު ހަދާފައިވާ އެއްބަސްވުން ވެސް އާކޮށްފައެވެ.

އެގޮތުން އިޓަމިލާނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޓައިން އިވާން ޕެރިސިޗްއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާކަމަށާއި އެކަން އުފަލާއެކު އިއުލާންކުރާކަމަށެވެ. އަދި އޭނާ 2022 ގެ ނިޔަލަށް އިންޓަމިލާނުގެ ޖާޒީގައި ފެނިގެންދާނެ ކަމަށެވެ.

ޖަރުމަނުގެ ވުލްފްބާގުން އިންޓަމިލާނާ ޕެރިސިޗް ގުޅުނީ 2015 ވަނަ އަހަރުގައެވެ. އެގޮތުން އޭނާ ވަނީ އިންޓަމިލާނަށް 81 މެޗު ކުޅެފައެވެ. މިދިޔަ ސީޒަނުގައި އިންޓައަށް ޕެރިސިޗް 11 ލަނޑު ކާމިޔާބުކޮށްދިންއިރު، އިޓާލިއަން ސެރީއާގައި އަށް ލަނޑު ކާމިޔާބުކޮށްދިނުމަށް އޭނާ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ނިމިގެން ދިޔަ ސީޒަނުގައި ލީގުގެ ހަތް ވަނަ މަގާމު ލިބިފައިވާ އިންޓައިން މި ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އެ ޓީމު އޮތީ ޔުވެންޓަސްއާއެކު ތާވަލުގެ އެންމެ ކުރީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް