ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 09:44
ތޫފާން އިރްމާ ކެރީބިއަންގެ ސަރަހައްދަކަށް އަރާ ލިބުނު ގެެއްލުމުގެ ތެރެއިން
ތޫފާން އިރްމާ ކެރީބިއަންގެ ސަރަހައްދަކަށް އަރާ ލިބުނު ގެެއްލުމުގެ ތެރެއިން
ބީބީސީ
ތޫފާން އިރްމާ
ތޫފާން އިރްމާ އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް މިސްރާބު ޖަހައިފި
ތާޫފާން އިރްމާ ކެރީބިއަން ސަރަހައްދަށް އެރުމުގެ ސަބަބުން 25 މީހަކު ވަނީ މަރުވެފައި

ކެރީބިއަން އަށް އެރި ތޫފާން އިރްމާ އެެމެރިކާ އަށް އެރުމާ ގާތްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. 

މިގޮތުން އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް ތޫފާން އިރްމާ އަރަން ގާތްވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު ފްލޮރިޑާ ސްޓޭޓުގެ އައްސޭރިފަށަށް މިހާރު ދަނީ ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެމުންނެވެ. 

އިރުމަތީ ކެރީބިއަން އަށް ތޫފާން އިރްމާ އެރުމުގެ ސަބަބުން މަދުވެގެން 25 މީހަކު އެ ސަރަހައްދުން ވަނީ މަރުވެފައެވެ.  ހުކުުުރު ދުވަހު ތޫފާން އިރްމާ ވަނީ ކެޓަގަރީ 5 ގެ ތޫފާނެއްގެ ގޮތުގައި ކިއުބާ އަށް އަރާފައެވެ. ހޮނިހިރު ދުވަހު ކެޓަގަރީ 3 ގެ ތޫފާނަކަށް އިރްމާގެ ބާރު ދަށްވެގެން ދިޔައެވެ. 

އެމެރިކާ އަށް ތޫފާން އިރްމާ އާދީއްތަ ދުވަހު ހެނދުނު އަރާނެކަމަށް ބެލެވެއެވެ. ކެޓަގަރީ ތިނަކަށް ވުރެ ބާރުގަދަ ވާނެ ކަމަށް ބެލެވޭއިރު، ފްލޮރިޑާ އަށް ބޮޑެތި ގެއްލުންތައް ލިބި ފެންބޮޑުވާނެ މޫސުމާބެހޭ އިދާރާތަކުން ލަފާކުރެ އެވެ.

އެމެރިކާގެ ފްލޮރިޑާ ސްޓޭޓުގެ އާބާދީގެ 5.6 މިލިއަން މީހުން ނުވަތަ އާބާދީގެ 25 އިން ސައްތަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ވަނީ އަންގާފައެވެ. 

ތޫފާން އިރްމާ ކެރީބިއަން އަށް އެރުމުގެ ސަބަބުން 1.6 މިިލިއަން މީހުންނަށް ކެރީބިއަން ސަރަހައްދުން އަސަރުކޮށްފައިވާ ކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް