ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 10:29
ރެއާލް މެޑްރިޑް އަދި ލެވާންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން
ރެއާލް މެޑްރިޑް އަދި ލެވާންޓޭ ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ކުޅިވަރު
ސްޕެނިޝް ލަލީގާ: ލެވާންޓޭއިން ރެއާލް މެޑްރިޑް މޮޅުވިޔަނުދީ ހިފަހައްޓައިފި
މި މެޗުގައި މާސެލޯއަށް ވަނީ ރަތްކާޑު ދައްކާފައި.

 

 

ސްޕެނިޝް ލަލީގާގެ ޗެމްފިއަން ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ލެވާންޓޭއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ރެއާލް މެޑްރިޑު އަދި ލެވާންޓޭ ބައްދަލުކުރި މި މެޗު އެއްވަރުވެގެން ނިމުނީ 1-1 ގެ ނަތީޖާއިންނެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް ލީޑު ނަގާފައިވަނީ ލެވާންޓޭއިންނެވެ. މިގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 12 ވަނަ މިނެޓުގައި އިވީއެވެ.

ގިނަ ފުރުސަތުތަކެއް ހޯދަމުން އައިސް ރެއާލް މެޑްރިޑްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 36 ވަނަ މިނެޓުގައެވެ. މި ގޯލް ރެއާލްއަށް ކާމިޔާބު ކޮށްދިނީ ލޫކަސް ވަޒްކުއޭޒް އެވެ.

މެޗު ކޮންޓްރޯލް ކޮށްގެން ގިނަ ވަގުތު ކުޅުނު ރެއާލްއަށް މެޗު ކާމިޔާބު ކުރަން ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ގެރެތް ބޭލްއަށް ލިބުނު ފުރުސަތު ފާހަގަ ކުރެވެ އެވެ. ގެރެތް ބޭލް ފޮނުވާލި ގިނަ ހަމަލާތައް އަމާޒުވެފައިވަނީ ގޯލުގެ ދަނޑިއަށެވެ.

މެޗު ކާމިޔާބު ކުރުމަށް ރެއާލްއިން ކުރަމުން އައި މަސައްކަތައް އިތުރު ހުރަސްތަކެއް އެޅިގެން ދިޔައީ 89 ވަނަ މިނެޓުގައި ރެއާލްގެ ޑިފެންޑަރު މާސެލޯއަށް ދެއްކި ރަތްކާޑާއެކު އެވެ. ރޭގެ މިނަތީޖާއާއެކު ރެއާލް އޮތީ ތާވަލުގެ 4 ވަނައިގައި 5 ޕޮއިންޓާއެކުއެވެ.

ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު 3 މެޗުން އެޓީމަށް ލިބިފައި ވަނީ 5 ޕޮއިންޓެވެ. ރެއާލް އިން މިމެޗަށް ނިކުތްއިރު އެޓީމުގެ އިތުބާރު ފޯވާޑް ރޮނާލްޑޯ ހުރީ ސަސްޕެންޝަނުގައެވެ. މީގެ އިތުރުން ކޯޗް ޒިދާން ވަނީ ބޭލް، ކަސަމީރޯ އަދި އިސްކޯ ފުރަތަމަ އެގާރައިގައި ނުހިމަނާ ބެންޗުގައި ބައިންދާފައެވެ. މެދުތެރެއިން މުހިންމު ދައުރެެއް އަދާކުރަމުން އަންނަ ލޫކާ މޮޑްރިޗް އާއި އެއްވަނަ ކީޕަރު ކެއިލޯ ނަވާސް ޓީމުގެ ސްކޮޑްގައިވެސް ހިމަނާފައިނުވެ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް