ކ. މާލެ
|
10 ސެޕްޓެންބަރ 2017 | އާދީއްތަ 08:09
ސާނޭ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ
ސާނޭ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ
ގޫގުލް
ކުޅިވަރު
ޕްރިމިއާ ލީގު: ސިޓީ އިން ލިވަޕޫލް ލަދު ގަންނަވާލައިފި.
މާނޭއަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗު ތަފާތު ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީން ކާމިޔާބުކޮށްފިއެވެ.

މި މެޗު ސިޓީން ކާމިޔާބުކުރީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 24 ވަނަ މިނެޓްގައި ޑެ ބްރައިނާގެ އެހީތެރިކަމާއެކު ސާޖިއޯ އަގުއެރޯ ވަނީ ގޯލެއް ޖަހާ ސިޓީއަށް ލީޑު ނަގާދީފައެވެ. މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއް ފަހުން ނަތީޖާ އެއްވަރުކޮށްލަން ލިވަޕޫލްގެ ސަލާހުއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ސިޓީގެ ކީޕަރު ވަނީ ހުސިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ލިވަޕޫލްއަށް ނުހިފުނުއިރު އެޓީމަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 37 ވަނަ މިނެޓްގައި ނުރައްކާތެރި ކުޅުމެއް ކުޅުުގެ ސަބަބުން ސަޑިއޯ މާނޭއަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމާއި ގުޅިގެންނެވެ.

މި މެޗުގައި މާނޭއަށް ރެފްރީ ރަތްކާޑު ދެއްކީ ސިޓީގެ ކީޕަރު އީޑަސަންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާއެކު މެޗުގެ ބާކީ ބައި ލިވަޕޫލްއިން ފުރިހަމަކުރަން ޖެހުނުއިރު ފުރަތަމަ ހާފްގެ ފަހު ވަގުތު ގެބްރިއަލް ޖީސެސް ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

ދެ ގޯލުގެ ލީޑަކާއެކު މެޗުގެ ފުރަތަމަ ހާފް ސިޓީން ނިންމާލިއިރު، ދެވަނަ ހާފްގެ ކުރީކޮޅު އަގުއެރޯ ދިން ޕާހަކުން ގެބްރިއަލް ވަނީ ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އިތުރަށް ލީޑު ފުޅާކޮށްދީފައެވެ. އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ލީރޯއި ސާނޭއެވެ.

މި މޮޅާއެކު ސިޓީއަށް ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. ލިވަޕޫލްއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ވޮޓްފޯޑްއާއެވެ. ލިވަޕޫލް ބައްދަލުކުރާނީ ބާންލީއާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް