ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 19:40
ޓެލެތޯންގެ އޮޑިޓަރަކަށް އެމްއެޗްޕީއޭ ހަމަަޖައްސަާ، ސޮއިކުރުމުގެ ރަސްމިއްޔާތު ތެރެއިން
ޓެލެތޯންގެ އޮޑިޓަރަކަށް އެމްއެޗްޕީއޭ ހަމަަޖައްސަާ، ސޮއިކުރުމުގެ ރަސްމިއްޔާތު ތެރެއިން
ރާއްޖެ އެމްވީ
ރާއްޖެޓީވީގެ ޓެލެތޯން
ރާއްޖެޓީވީގެ ޓެލެތޯންގެ އޮޑިޓަރަކަށް އެމްއެޗްޕީއޭ ކަނޑައަޅައިފި
އެމްއެޗްޕީއޭއަކީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޭ ގްރޭޑްގެ އޮޑިޓް ފާމް އެއް
"ދިވެހިން ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯން ފަށާނީ އާދީއްތަ ދުވަހުގެ މެންދުރު 2:30 ގައި

މިޔަންމާގެ އަސްކަރިއްޔާއިން ލާއިންސާނީ އަނިޔާ ދެމުންދާ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށްޓަކައި ރާއްޖެ ޓީވީން އިސްނަގައިގެން ހިންގާ ޓެލެތޯންގެ އޮޑިޓަރަކަށް، ރާއްޖޭގެ މަޝްހޫރު އޮޑިޓް ފާމެއްކަމުގައިވާ އެމްއެޗްޕީއޭއެމް ކަނޑައަޅައިފި އެވެ.

އެމްއެޗްޕީއޭއަކީ މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޭ ގްރޭޑްގެ އޮޑިޓް ފާމެކެވެ. އަދި މި ފާމް އަކީ އޮޑިޓަރ ޖެނެރަލް އޮފީހުގައި ވެސް ރަޖިސްޓްރީ ކުރެވިފައިވާ ފާމް އެކެވެ.

ޓެލެތޯންގެ އޮޑިޓަރެއްގެ ގޮތުގައި އެމްއެޗްޕީއޭ ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި ރާއްޖެ ޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ އެވެ. އެމްއެޗްޕީއޭގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ރިފާތު ޖަލީލެވެ.

މި ރަސްމިއްޔާތުގައި ފިޔާޒު ވިދާޅުވީ ޓެލެތޯނަށް ލިބޭ ފައިސާ ބެލެހެއްޓުމަށް މިނިވަން އޮޑިޓަރެއް ކަނޑައެޅީ ދިވެހި ރައްޔިތެއްގެ ނަމުގައި ހަދިޔާކުރާ ފައިސާއަކީ ރައްޔިތުން އިތުބާރުކުރާ ގޮތަކަށް ބެލެހެއްޓި، ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނާ ހަމައަށް ފޯރުކޮށްދެވޭނެ ފައިސާކަން ކަށަވަރުކޮށް ދިނުމަށެވެ.

ޓެލެތޯންގެ ފަންޑު މެނޭޖްކުރަން އެމްއެޗްޕީއޭއާ ރާއްޖެ ޓީވީން ހަވާލުކުރީތީ ރިފާތު ޝުކުރު އަދާކުރެއްވެވި އެވެ.

"މިކަހަލަ ކަންތައްތަކަކީ ވަރަށް ހަރުދަނާ ގޮތަކަށް އުސޫލުތަކުގެ ތެރެއިން ކުރެވެން ޖެހޭ ކަންތައްތައް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ. ފަންޑު ރެއިޒް ކުރުމުގައި އިންޑިޕެންޑެންޓް އޮޑިޓާޒް ބޭނުން ކުރުމަކީ ރާއްޖޭގެ މިކަހަލަ ކަންކަމަށް ސްޓޭންޑަޑްއެއް ސެޓް ކުރުމަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް މި ފުރުސަތު ދެއްވީތީ ޝުކުރު އަދާކުރަން،" ރިފާތު ވިދާޅުވިއެވެ.

"ދިވެހިން ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯން ކުރިއަށް ދާނީ  އާދީއްތަ ދުވަހުގެ މެންދުރު 2:30 އިން 24 ގަޑިއިރަށެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް