Advertisement
ކ. މާލެ
|
8 ޑިސެންބަރ 2025 | ހޯމަ 00:00
ދީނީ އިލްމުވެރިޔާ ޑރ އިޔާޒްގެ ބައްޕަ އަބްދުއްލަތީފް އުމަރު
ދީނީ އިލްމުވެރިޔާ ޑރ އިޔާޒްގެ ބައްޕަ އަބްދުއްލަތީފް އުމަރު
ރާއްޖެއެމްވީ
ހެންވޭރު ބައްދަލުވުން
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ބަސް ކުރިއެރުވުން ފަދަ ކަންކަމަށް އިސްކަން ދިނުމަށް ވެސް ގޮވާލައްވާފަ
އިސްލާމީ މިންގަނޑަށް ފެތޭ ގޮތަށް ހެދުން އުޅުމުގެ ކަންކަން ބައްޓަން ނުކުރާތީ އެކަމަށް ވެސް އޭނާ ފާޑު ކިޔާފައިވޭ
ޚިޔާނަތްތެރިވެފައިވާ އެއްވެސް މީހަކަށް ސަރުކާރުގެ މަޤާމެއް ނުދިނުމަށް އޭނާ ވަނީ އެދިފަ

ސަރުކާރުގެ އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުން އެކަމާއި މެދު އިސް ރަށްވެއްސެއްގެ ކަންބޮޑުވުންތައް ބަންޑުންކޮށްލައިފި އެވެ.

ދީނީ އިލްމުވެރިޔާ ޑރ އިޔާޒް އަބްދުއްލަތީފްގެ ބައްޕަ އަބްދުއްލަތީފް އުމަރު ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ކުރާ ކަންކަމާއި ކަންކަން ހިނގާ ގޮތަށް ފާޑު ވިދާޅުވެފަ އެވެ.

ވައްކަމުގެ މައްސަލަތައް ސާބިތުވެފައި ތިބި މީހުންނަށް މަޤާމުތައް ދިނުމަކީ ނިކަން ހިތްދަތިވާ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވެރިކަން ކުރާ މީހުން ވެރިކަމަށް އަންނަ އިރު ފައިސާ ގެންގުޅޭ މިންވަރާއި އެއަށް ފަހު ފައިސާ އާއި މުދާ ގެންގުޅޭ މިންވަރު ފެންނަން ހުންނަކަން ފާހަގަކޮށް އޭނާ ބުނީ، ނާޖާއިޒް ގޮތުގައި ހޯދާ މުދަލާއި ފައިސާ އަކީ ދައުލަތުގެ ފައިސާ ކަމަށެވެ. ވެރިކަމަށް އަންނަ މީހުންގެ މާލީ ކަންކަން ބަލާ އެ މީހުންގެ ތާހިރުކަން ޔަޤީން ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޚިޔާނަތްތެރިވެފައިވާ އެއްވެސް މީހަކަށް ސަރުކާރުގެ މަޤާމެއް ނުދިނުމަށް އޭނާ ވަނީ އެދިފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާކަމުގައި ވިޔަސް، މަޖިލީހުގެ މެމްބަރެއް ކަމުގައި ވިޔަސް، ސަރުކާރުގައި ބައިވެރިވާ ކުންފުންޏެއް ކަމުގައި ވިޔަސް މަޤާމު ދެއްވަން އަޅުގަނޑު އެދެނީ ނަޒާހަތްތެރި ބޭފުޅުންނަށް. އެހެން މި ދެންނެވީ ވައްކަމުގައި އެކި ކަންކަމުގައި ސާބިތުވެފައިވާ ތިބި ބޭފުޅުން މަގާމުތަކަށް އައުމަކީ ނުރުހޭ ކަމެއް." އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ބަސް ކުރިއެރުވުން ފަދަ ކަންކަމަށް އިސްކަން ދިނުމަށް ވެސް ގޮވާލައްވާފަ އެވެ. ސަލްމާން މިސްކިތުގެ އެއާކޯނު ހަލާކުވެފައި ހުންނަތާ ވެސް 5،6 މަސް ވަނީ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަން ވެސް އިސްލާހުކޮށްދިނުމަށް އޭނާ ވަނީ އެދިފަ އެވެ. މީގެ އިތުރުން ދަރިވަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގައި އިސްލާމީ މިންގަނޑަށް ފެތޭ ގޮތަށް ހެދުން އުޅުމުގެ ކަންކަން ބައްޓަން ނުކުރާތީ އެކަމަށް ވެސް އޭނާ ވަނީ ފާޑުކިޔާފަ އެވެ.

- ކޮމެންޓް