ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 13:12
މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ
މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ
ގެޓީ އިމޭޖަސް
ހުކުރު ހުތުބާ
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ
ދުންފަތުގެ އިސްތިއުމާލު ކުރުމީ ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށާއި، މި ސުންޕާ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފަ އެވެ. އަދި ގެއްލުންދޭ އަދި ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލި ވާން ޖެހޭ ކަމަށާއި، އެފަދަ ކަމެއް ކުރުމީ ހަރާމް ކަމެއްކަމުގައި އިލްމުވެރީން އިއްތިފާގު ވެވަޑައިގެންފައިވާ ކަމަށް ޚުތުބާ ގައި ބުނެފައިވެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް ކަމަށާއި، އިސްރާފު ކުރުމަކީ އިސްލާމް ދީނުގައި ހަރާމް ކުރައްވައިފައިވާ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ.

''ދުންފަތުން އިސްތިއުމާލުކުރުމުގެ ގެއްލުން'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ޚުތުބާގައި ވަނީ ދުންފަތަކީ، ވަރަށް ގިނަ ގޮތްގޮތުން ގެއްލުން ހުރި އެއްޗެއްކަން ކަމާ ގުޅޭ ގޮތުން ކުރެވިފައިވާ އެންމެހައި ދިރާސާތަކުން ސާބިތުވެފައިވާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން، އެ ކަމާ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި، އެ ކަން ކުރާ ކަމަށެވެ.

ޚުތުބާގައި ބުނީ، ތިމާމެންގެ އަމިއްލަ އަތްތަކުން ތިމާމެންގެ އަމިއްލަ ހަށިތައް ހަލާކުގެތެރެއަށް ވައްޓާލާ ކަމަށާއި، ބުރަ މަސައްކަތުން، ހޯދާ ފައިސާ، ބޭކާރު ގޮތުގައި ހޭދަކޮށް އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، ފުއްޕާމެ އަށް ކެންސަރު ޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމަށާއި، އެހެނިހެން ބަލިތައް ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

އަމިއްލަ ބޭނުން ތަކަށާއި، އަނބިދަރީންނަށާއި ގާތްތިމާގެ މީހުންނަށާއި، ޙާޖަތްތެރީންނަށް، އެ ފައިސާ ހޭދަކުރުމުގެ ބަދަލުގައި، އެއްވެސް ފިކުރެއް ނެތި، ތިމާގެ އަމިއްލަ އަތުން އަލިފާންޖަހައި، އަންދައިލާން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފުސުތައް ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ!

ހުކުރު ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމުން ގެއްލުން ލިބެނީ ހަމައެކަނި އެ ކަން ކުރާ ބަޔަކަށް ނޫންކަން ފާހަގަކޮށް ޚުތުބާ ގައި ބުނީ މީހުން އެއްވެއުޅޭ ތަންތާނގައި، ދުންފަތުގެ އިސްތިއުމާލު ކުރުމުން އެ ތަނެއްގައި ތިބި ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް ބޮޑެތި ގެއްލުން ލިބޭ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ތިމާގެ އަމިއްލަ ނަފުސަށާއި މުޅި މުޖުތަމައުގެ ހައްގުގައި ކުރެވޭ ބޮޑު އަނިޔާއެއް ކަމަށާއި، މި ސުންޕާ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށް ވަރުގަދަ އަޒުމަކާއެކު ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ގެއްލުންދޭ އަދި ގެއްލުމަށް މަގުފަހިކޮށްދޭ ކޮންމެ އެއްޗަކުން ދުރުހެލި ވާން ޖެހޭކަމާއި، އެފަދަ ކަމެއް ކުރުމީ ހަރާމް ކަމެއްކަމުގައި އިލްމުވެރީން އިއްތިފާގު ވެވަޑައިގެންފައިވާ ކަމަށް ޚުތުބާ ގައި ބުނެފައިވެ އެވެ.

ޚުތުބާގައި ބުނީ ދުންފަތުގެ އިސްތިއުމާލުކުރުމީ ބޮޑު އިސްރާފެއް ކަމަށާއި، އިސްރާފުކުރުމީ އިސްލާމް ދީނުގައި ހަރާމް ކުރައްވައިފައިވާ ކަމެއް ކަމަށެވެ.

މި ކަން ބަޔާންކުރައްވައި، މާތް ﷲ ވަހީ ކުރައްވައިފައި ވެއެވެ. މާނައީ: "އަދި ވިޔާނުދާ ޚަރަދުތައްކޮށް އިސްރާފުނުކުރާހުށިކަމެވެ! ހަމަކަށަވަރުން އިސްރާފުކުރާ މީހުންނީ ޝައިޠާނުންގެ އަޚުންކަމުގައި ވޫއެވެ. އަދި ޝައިޠާނާ، އޭނާގެ ވެރި ރަސްކަލާނގެއަށް ވަރަށް ބޮޑަށް ކާފިރުވާކަމުގައިވި އެވެ.

ހުކުރު ޚުތުބާ

މީގެ އިތުރުން ޚުތުބާގައި ވަނީ ގެއްލުންދެނިވި އެންމެހައި ތަކެތީން ދުރުހެލިވުމަށް ނަސޭހަތްތެރިވެފަ އެވެ.

- ކޮމެންޓް