ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 13:16
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް (ކ) އަދި ފިލިޕޭ ކުޓީނިއޯ (ވ)
ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް (ކ) އަދި ފިލިޕޭ ކުޓީނިއޯ (ވ)
ގޫގުލް
ފިލިޕޭ ކުޓީނިއޯ
ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް
ކުޓީނިއޯ ވަނީ ލިވަޕޫލްގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައި

ލިވަޕޫލްގެ ފޯވާޑް ފިލިޕޭ ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، އޭނާ އެނބުރި ސްކޮޑާ ގުޅުމުން އުފާވާ ކަމަށް އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކްލޮޕް ބުނީ ފާއިތުވެދިޔަ ތިން ހަފްތާއެއްގައި ކުޓީނިއޯއަށް މައްސަލަތަކެއް ކުރިމަތިވި ކަމަށާއި، އޭނާ އަށް ކްލަބްގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެވޭ ގޮތެއް ނުވި ކަމަށެވެ.

އެހެން ނަމަވެސް އޭނާ ބުނީ މިހާރު ހުރިހާކަމެއްވެސް ރަނގަޅުވެފައިވާ ކަމަށާއި، ކުޓީނިއޯ އަނބުރާ ސްކޮޑާ ގުޅި ފަރިތަކުރުންތަކާ ބައިވެރިވާން ފަށާފައިވާ ކަމަށެވެ. އެގޮތުން އޭނާ އަނބުރާ ސްކޮޑާ ގުޅުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ.

ކްލޮޕް ބުނީ އެހެން ކުޅުންތެރިންނާ ތަފާތުކޮށް ކުޓީނިއޯ އިތުރު ތަމްރިންތަކެއް ހަދަން ޖެހޭ ކަމަށާއި، އެކަމަށް އޭނާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށެވެ.

ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ކުޓީނިއޯ ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ ބާސެލޯނާއެވެ. އެހެންނަމަވެސް ލިވަޕޫލް އިން ވަނީ ކުޓީނިއޯ ހޯދުމަށް އެކި ފަހަރު މަތިން ބާސާ އިން ހުށަހެޅި ބިޑް ރިޖެކްޓްކޮށްފައެވެ.

ލިވަޕޫލްގައި 2022 ވަނަ އަހަރުގެ ނިޔަލަށް މަޑުކުރަން އުމުރުން 24 އަހަރުގެ ކުޓީނިއޯ އެއްބަސްވެފައިވާއިރު، އޭނާ ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބު ކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 182 މެޗުގައި 42 ލަނޑު ކާމިޔާބު ކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް