ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 12:10
ރާއްޖޭގެ ޒުވާން ގައުމީ ޓީމު
ރާއްޖޭގެ ޒުވާން ގައުމީ ޓީމު
ފޭސްބުކް
ސާފް ޗެމްޕިއަންޝިޕް
18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުޅެން ނިންމައިފި
މުބާރާތުން ސްރީލަންކާ ވަނީ ނަން ނަގާފައި
މުބާރާތް ކުޅޭނީ ލީގު އުސޫލުން

މި މަހު ބޫޓާންގައި ބާއްވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް މުބާރާތް ލީގު އުސޫލުން ކުޅެން ނިންމައިފި އެވެ.

މިމަހު 18 އިން 27 ގެ ނިޔަލަށް ބާއްވާ މި މުބާރާތް ލީގު އުސޫލުން ކުޅެން ނިންމާފައިވަނީ ބައިވެރިވި ޓީމުގެ އަދަދު ފަސް ޓީމަށް މަދުވުމުންނެވެ.

އެގޮތުން ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާއިން ނިންމާފައިވަނީ ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިޔަށްގެންދިޔުމަށްފަހު، ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮންނަ ޓީމަކަށް ޗެމްޕިއަން، ދެވަނައިގައި އޮންނަ ޓީމަކަށް ދެވަނަ އަދި ތިންވަނަ ހޮވާ މެޗެއް ކުޅުމަށެވެ.

މުބާރާތުގައި ކުރިން ލަންކާ ބައިވެރިވާ ގޮތަށް އޮތް ނަމަވެސް އެޓީމު ވަނީ ފަހުވަގުތު ނަން ނަގާފައެވެ. އެ ޓީމު ހިމެނުނީ ރާއްޖެ އަދި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނޭޕާލާއެކު ގްރޫޕް ބީގައެވެ. ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ބޫޓާން، އިންޑިއާ އަދި ބަނގްލަދޭޝްއެވެ.

މުބާރާތް ރޭވިފައިވާ ގޮތުން މިހާރު ވާދަކުރާނީ ރާއްޖެ، ނޭޕާލް، ބޫޓާންމ އިންޑިއާ އަދި ބަނގްލަދޭޝްއެވެ.

މި މުބާރާތުގައި ރާއްޖެއިން ވަނީ މީގެކުރިންވެސް ވާދަކޮށްފައެވެ. 2015 ވަނަ އަހަރު ބޭއްވި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ވަނީ އަފްޣާނިސްތާން އަދި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެފައެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް