ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 14:48
ކޮޓީނިއޯ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި
ކޮޓީނިއޯ ލިވަޕޫލުގެ ފަރިތަކުރުންތަކުގައި
ގޫގުލް
ކުޅިވަރު
ޕްރިމިއާ ލީގު:ސިޓީއާ ދެކޮޅަށް މިއަދުގެ މެޗުގައި ކުޓީނިއޯ ނުކުޅޭނެ..!
ސިޓީއާ ދެކޮޅަށް މިއަދު ކުޅޭ މެޗުން ކުޓީނިއޯ ބާކީ ކުރީ އިތުރު ތަމްރީންތައް ބޭނުންވާތީ ކަމަށް ކޮލޮޕް ބުނޭ

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅޭ މެޗުގައި އެޓީމުގެ އިތުބާރު އެޓޭކިން މިޑްފީލްޑަރ ފިލިޕޭ ކުޓީނިއޯ ނުކުޅޭނެއެވެ.

ލިވަޕޫލުން މިއަދުގެ މެޗަށް ނެގި ސްކޮޑުން ކޮޓީނިއޯއަށް ފުރުސަތު ދީފައިނުވާއިރު، އޭނާ ބާކީ ކޮށްފައިވަނީ އަނިޔާއިން މުޅިން ރަނގަޅު ނުވާތީ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.

އެހެން ނަމަވެސް މިކަމާ ގުޅިގެން ވާހަކަ ދައްކަމުން ލިވްޕޫލުގެ ކޯޗު ޖާގަން ކްލޮޕް ބުނީ ކުޓީނިއޯއަށް މިއަދުގެ މެޗުން ފުރުސަތު ނުދިނީ މުޅިން ފިޓު ނުވާތީ އިތުރު ފަރިތަކުރުންތަކެއް ކުރިއަށް ގެންދަން ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި މި ނިންމުމަށް ކުޓީނިއޯ ވެސް ތާއީދުކުރުމުން ކަމަށެވެ.

އަނިޔާގެ ސަބަބުން މި ސީޒަނުގައި ލިވަޕޫލްއަށް ކުޓީނިއޯ އަދި އެއްވެސް މެޗެއް ކުޅެދީފައި ނުވި ނަމަވެސް އެންމެ ފަހުން ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލް އިން ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް ލިވަޕޫލުން މިހާތަނަށް ލީގުގައި 3 މެޗު ކުޅެފައިވާއިރު އޭނާ އަދި މިއިން އެއްވެސް މެޗެއްގައި ކުޅެފައެއް ނުވެއެވެ.

އެގޮތުން ކުޓީނިއޯއާ ނުލާ ލިވަޕޫލްއިން ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފައެވެ.

ލިވަޕޫލްގެ ސްކޮޑުން މުޅިން ފިޓުނުވާތީ ކަމަށްބުނެ ކުޓީނިއޯ ބާކީކުރިއިރު މިއަދުގެ މެޗުގައި އަނިޔާގެ ސަބަބުން ސިޓީގެ ކެޕްޓަން އަދި އިތުބާރު ޑިފެންޑަރު ވިންސެންޓް ކޮމްޕެނީ ވެސް ނުކުޅޭނެއެވެ.

މެންޗެސްޓާ ސިޓީގެ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މި މެޗު ފަށާނީ މިއަދު ހަވީރު ރާއްޖޭ ގަޑިން 16:30 ގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް