ކ. މާލެ
|
9 ސެޕްޓެންބަރ 2017 | ހޮނިހިރު 07:18
ގައްދޫގައި ބޭއްވި ހަރަކާތުގެ ތެރެއިން
ގައްދޫގައި ބޭއްވި ހަރަކާތުގެ ތެރެއިން
ސިމާހާ ނަސީމް
ގައްދޫގައި ބޭއްވި ހަރަކާތް
ރޮހިންޖާ މުސްލިމުންނަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ގދ ގައްދޫގައި ހަރަކާތެއް ބާއްވައިފި
ހަރަކާތުގައި 250 ވަރަކަށް މީހުން ބައިވެރިވި

މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް  ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް، އެފަރާތްތަކަށް އެހީވުމަށް ގދ ގައްދޫގައި ހުކުރު ދުވަހު ހަވީރު ހަރަކާތެއް ބާއްވައިފިއެވެ.

ގދ ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލް ވިދާޅުވީ މުސްލިމެއްގެ ހައިސިއްޔަތުން ހުރިހާ އެންމެންވެސް މިފަދަ ކަމެއްގައި އެހީވެ އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.  ހުކުރު ދުވަހު އެ ރަށުގައި ބޭއްވި ހަރަކާތުގައި 250 ވަރަކަށް މީހުން ބައިވެރިވެ، ލިޔުންތައް ހިފައިގެން އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ކަމަށްވެސް ރައްޔާން ވިދާޅުވިއެވެ.

ރޮހިންޖާ މުސްލިމުންނަށް ފައިސާގެ އެހީވުަމަށްޓަކައި  އެ ރަށު ސުކޫލް އާއި ކައުންސިލްގައި ފަންޑު ފޮއްޓެއް ބަހައްޓާފައިވާ ކަމަށް ވެސް ރައްޔާން ވިދާޅުވި އެވެ.  ފަންޑު ފޮށި އާދިއްތަ ދުވަހާ ހަމައަށް ބެހެއްޓިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ހަރަކާތެއްގައި ރަށުގެ ރައްޔިތުން ނިކުމެ ކައުންސިލަށް އެއްބާރުލުންދިނިތީ ހުރިހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ރައްޔާން ވިދޅާުވި އެވެ. 

 

 

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް