ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 10:40
ޕެރޭޒް އަދި މެސީ
ޕެރޭޒް އަދި މެސީ
ގޫގުލް
ކުޅިވަރު
މެސީ ރެއާލް އަށް ގެންނަން މަސައްކަތެއް ނުކުރަން: ޕެރޭޒް
ޔޫރަޕާ އަދި މުޅި ދުނިޔޭގައިވެސް މިވަގުތު އޮތް އެންމެ ވަރުގަދަ ކުލަބަކީ ރެއާލް މެޑްރިޑް

ބާސެލޯނާއަށް ކުޅެމުންއަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ރެއާލް މެޑްރިޑަށް ގެންނަން އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމަށް ރެއާލް މެޑްރިޑުގެ ރައީސް ލްރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެއެވެ.

 

ޕެރޭޒް މިހެން ވިދާޅުވެފައިވަނީ ރެއާލް އިން މެސީ ގެންދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެމުންނެވެ.

 

ޕެރޭޒް ވިދާޅުވީ ރެއާލް އަށް މެސީގެންނަން އުޅޭކަމަށް މީޑިއާގައި އަޑު ފެތުރުނު ނަމަވެސް އެއީ ހަޤީޤަތެއް ނޫން ކަމަށާއި ރެއާލް އަށް އިތުރު ކުޅުންތެރިއަކު މިވަގުތު ގެންނަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ޕެރޭޒް ވިދާޅުވީ އޭނާ ރެއާލްގެ ރައީސްކަމަށް އިންތިޚާބުވި ދުވަސް ވަރު މެސީ ރެއާލް އަށް ގެންނަން ވިސްނިން ކަމަށާއި އެގޮތުން މެސީ ރެއާލް އާއި ގުޅުވަން މައްސަކަތްވެސް ކޮށްފައިވާނޭ ކަމަށެވެ. އެހެން ނަމަވެސް އެއީ މާޒީ ކަމަށާއި މިހާރު މެސީ ރެއާލް އަށް ގެނައުމުގެ އެއްވެސް ބޭނުމެއް ނެއްކަމަށް ޕެރޭޒް ވަނީ ވިދާޅުވެފައެވެ.

" އަހަރެން މެސީ އަށް ފާރަލިން. މެސީ ރެއާލް އަށް ގެންނަން މަސައްކަތްވެސް ކުރިން، އެކަމް އެއީ މީގެ 15 ވަރަކަށް އަހަރު ކުރި. މިހާރު ރެއާލް އަށް މެސީ ގެނައުމުގެ ބޭނުމެއް ނެއް. ރެއާލްގައި މިވަގުތު ތިބީ މެސީ ފެންވަރުގެ ކުޅުންތެރިން." ޕެރޭޒް ވިދާޅުވިއެވެ.

ޕެރޭޒް ވިދާޅުވީ ރެއާލް އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުޅުންތެރިން ކުޅެފައިވާ ޓީމެއް ކަމަށާއި އެގޮތުން ލުއިސް ފީގޯ. ރޮނާލްޑޯ. ބެކަމް އަދި ޒިދާން ފަދަ ކުޅުންތެރިން ހިމެނޭކަމަށެވެ.

އެގޮތުން ރެއާލް އަކީ މިވަގުތު ވެސް ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ކުލަބު ކަމަށް ޕެރޭޒް ވިދާޅުވިއެވެ.

ޕެރޭޒް ވިދާޅުވީ މިވަގުތު ދުނިޔޭގެ ނަމްބަރ ވަން ކުޅުންތެރިޔާ އަކީ ރޮނާލްޑޯ ކަމަށާއި އޭނާވެސް ހުރީ ރެއާލް ގައި ކަމަށެވެ. އެގޮތުން އިތުރަށް ކުޅުންތެރިއަކު ގެންނަން އެއްވެސް ވިސްނުމެއް ނުގެން ގުޅޭކަމަށް ޕެރޭޒް ވިދާޅުވިއެވެ.

 

"މިވަގުތު ރެއާލް ގައި އޮތީ ދުނިޔޭގެ އެންމެ ވަރުގަދަ ސްކޮޑް. އިތުރަށް އެއްވެސް ކުޅުންތެރިޔަކު ރެއާލް އަކަށް މިވަގުތު ބޭނުމެއް ނުވާނެ." ޕެރޭޒް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް