ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 16:10
ދެކުނު އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން.
ދެކުނު އެފްރިކާ އަދި ސެނެގޯލް ބައްދަލުކުރި މެޗުގެ ތެރެއިން.
ގޫގުލް
ކުޅިވަރު
ވޯލްޑްކަޕް ކޮލިފައިން: ސެނެގޯލް އަދި ދެކުނު އެފްރިކާގެ މެޗު އަލުން ކުޅެނީ..!
ސެނެގޯލް އަދި ދެކުނު އެފްރިކާގެ މި މެޗު އަލުން ކުޅޭނީ އަންނަ ނޮވެމްބަރ މަހުގައި.
މި މެޗުގެ ރެފްރީ ލެމްޕްޓޭ ވަނީ އުމުރަށް ސަސްޕެންޑް ކޮށްފަ.

 

ވޯލްޑްކަޕް ކޮލިފައިންގައި ނިމިގެން ދިޔަ އަހަރު ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު، ސެނެގޯލްއާއި ދެކުނު އެފްރިކާ ބައްދަލުކޮށް 1-2 ގެ ނަތީޖާއިން ދެކުނު އެފްރިކާ މޮޅުވި މެޗު އަލުން ކުޅުމަށް "ފީފާ" އިން އަމުރު ނެރެފިއެވެ.

ފީފާއިން މި މެޗު އަލުން ކުޅުމަށް އަމުރު ނެރުނީ އެމެޗުގެ ރެފްރީކަން ކުރި ގާނާގެ އުމުރުން 42 އަހަރުގެ ރެފްރީ ޖޯސެފް ލެމްޕްޓޭގެ ނިންމުން ވަކި ކޮޅަކަށް ޖެހި އިންސާފުން އެއްކިބާވެފައިވާކަން ފީފާގެ އޯގަނައިޒިން ކޮމިޓީއަށް ސާބިތުވުމާއި ގުޅިގެންނެވެ.

 

މި މައްސަލައާއި ގުޅިގެން ފީފާއިން ވަނީ އެމެޗުގެ ރެފްރީކަން ކުރި ގާނާގެ ރެފްރީ ޖޯސެފް ލަމްޕްޓޭ މުޅި އުމުރަށް ސަސްޕެންޑް ކޮށްފަ އެވެ.

 

ވަކި ކޮޅަކަށް ޖެހިގެން ރެފްރީކަން ކުރިކަމަށް ލެމްޕްޓޭގެ މައްޗަށް ސާބިތު ވުމާއި ގުޅިގެން އޭނާ އުމުރަށް ސަސްޕެންޑް ކުރަން ނިންމިއިރު ލެމްޕްޓޭ އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިއަހަރުގެ މާޗު މަހު އެވެ. އެހެން ނަމަވެސް މި މައްސަލަ އިސްތިއުނާފް މަރުހަލާ އަށް ފަހު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އިން އިއްޔެ ވަނީ އެ އަދަބު ދަމަހައްޓަން ތާއީދު ކޮށްފައެވެ.

 

ލެމްޕްޓޭ ސަސްޕެންޑު ކޮށް އެ މެޗު އަލުން ކުޅެން ފީފާއިން ނިންމާފައިވާއިރު، "ފީފާ" އިން މިކަމާއި ގުޅުވައިގެން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ލެމްޕްޓޭ އަށް ބައިނަލް އަޤުވާމީ އެއްވެސް މުބާރާތެއްގެ މެޗެއްގައި ރެފްރީކަން ނުކުރެވޭގޮތަށް ސަސްޕެންޑް  ކުރުމަށް ފަހު އެ މެޗު އަލުން ކުޅެން ފީފާގެ އޯގަނައިޒިން ކޮމިޓީން ނިންމާފައިވާ ކަމަށާއި، އެ މެޗު ކުޅެން ނިންމާފައިވަނީ އަންނަ ނޮވެމްބަރ މަހުގައި ކަމަށެވެ.

އަދި މީގެ އިތުރުން ފީފާގެ މި ބަޔާނުގައި ބުނެފައި ވަނީ ސެނެގޯލް އާއި ދެކުނު އެފްރިކާ މެޗުގެ ރެފްރީ ޖޯސެފްގެ ފަރާތުން އެ މެޗުގައި ފެނުނީ އެންމެ ރަނގަޅު ނިންމުތަކެއް ނޫން ކަމަށާއި ފީފާގެ އޯގަނައިޒިން ކޮމިޓީން މި މައްސަލަ ބެލި ބެލުމުގައި އޭނާ ވަކި ޓީމެއްގެ ކޮޅަށް ޖެހިފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެން ކަމުން ފީފާއިން ވަނީ މި މައްސަލައިގައި ފުޓްބޯޅައިގެ އެއްވެސް ހަރަކާތެއްގައި ލެމްޕްޓޭ އަށް ގައުމީ އަދި ބައިނަލްއަގްވާމީ ލެވެލްގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

 

" ފީފާއިން ވަނީ މައްސަލަ ބަލާ ލެމްޕްޓޭ އަށް އެކަށީގެންވާ އަދަބު ދީފަ. އަދި ރެފްރީ ވަކި އަތަކަށް ޖެހިފައިވާކަމަށް ސާބިތުވުމުން އެމެޗު އަލުން ކުޅެންވެސް ވަނީ ނިންމާފަ. ލެމްޕްޓޭ ސަސްޕެންޑް ކޮށް އަލުން އެ މެޗު ކުޅެން ނިންމީ މައްސަލަ ބަލާ ދިރާސާ ކުރުމަށް ފަހު." ފީފާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

 

މި މައްސަލާއި ގުޅިގެން ދެކުނު އެފްރިކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ރެފްރީންގެ ނިންމުންތައް ވަރަށް ރަނގަޅަށް މޮނީޓަރ ކޮށް ފީފާއިން ބަލަހައްޓަން ޖެހޭނެ ކަމަށާއި ހުރިހާ ކަމަކަށް ވެސް މިފަދަ ނިންމުންތައް އިންސާފުން ނިންމަންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަހަރު މިއަށް ވުރެވެސް ބޮޑެތި މައްސަލަތައް  ރެފްރީންގެ ފަރާތުން ދިމާވެފައި އެބަ ހުރިކަމަށާއި އެހެން ނަމަވެސް މިގޮތަށް ފިޔަވަޅު އެޅިފައިނުވާ ކަމަށެެވެ.

 

އެގޮތުން މި ބަޔާނުގައި ދާދި ފަހުން ހިނގާދިޔަ ދެ ހާދިސާއަކަށް އަލި އަޅުވާލާފައި ވާއިރު އޭގެ ތެރެއިން އެއް ހާދިސާ އަކީ ސްޕެނިޝް ސުޕަރކަޕްގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑާއި ބާސާ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ހާދިސާއެވެ.

 

ފީފާއިން ރެފްރީ އަށް އަދަބު ދިނުމަށް ފަހު އަލުން އެ މެޗު ކުޅެން ނިންމިއިރު، މި މެޗުން އެފްރިކާއަށް ލިބުނު ތިން ޕޮއިންޓްވެސް ވަނީ އުނިކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓް އުނިކުރުމާ އެކު ދެކުނު އެފްރިކާ ވަނީ ކޮލިފައިންގެ ގްރޫޕް ޑީ ގެ އެންމެ ފުލަށް ވެއްޓިފައެވެ. ދެކުނު އެފްރިކާއަށް އަދި މިހާތަނަށް މެޗަކުން މޮޅުވެވިފައި ނުވާއިރު، ސެނެގާލް އޮތީ ފަސް ޕޮއިންޓާ އެކު ގުރޫޕްގެ ތިން ވަނައިގަ އެވެ. މި ގުރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ބުރްކީނާ ފާސޯ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް