Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 13:51
ތައިލެންޑްގެ ބޮޑުވަޒީރު އަނުޓިން (މެދުގައި) އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް (ކަނާތުގައި) ޑޮނަލްޑް ޓްރަމްޕް ގެ ހާޒިރުގައި މިދިޔަ އޮކްޓޯބަރު ސުލްހައަށް އެއްބަސް ވަނީ
ތައިލެންޑްގެ ބޮޑުވަޒީރު އަނުޓިން (މެދުގައި) އާއި ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް (ކަނާތުގައި) ޑޮނަލްޑް ޓްރަމްޕް ގެ ހާޒިރުގައި މިދިޔަ އޮކްޓޯބަރު ސުލްހައަށް އެއްބަސް ވަނީ
އީޕީއޭ
ތައިލެންޑް-ކެމްބޯޑިއާ
ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ތައިލެންޑުން ހުއްޓާލައިފި
ތައިލެންޑުން ކެމްބޯޑިއާއާއެކު ވެފައިވާ ސުލްޙައިގެ އެއްބަސްވުން ވަގުތީގޮތުން ހުއްޓާލާފައިވަނީ ސަރަޙައްދު ކައިރީގައި ހިނގި ހަމަލާއެއްގައި ތައިލެންޑުގެ ސިފައިންނަށް އަނިޔާވުމާ ގުޅިގެން.

ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ތައިލެންޑުން ބުނެފި އެވެ.

މިކަން ތައިލެންޑުން އިއުލާނު ކުރީ ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން މެލޭޝިއާ ގައި އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރިތާ ދެ ހަފްތާއަށް އަށް ފަހުގައެވެ.

ތައިލެންޑުގެ އެއްބަސްވުން ސަސްޕެންޑު ކުރަން ނިންމީ ސިސަކެޓް ޕްރޮވިންސްގައި ކެމްބޯޑިއާގެ ސަރަޙައްދާ ކައިރީގައި އެއްޗެއް ގޮވުމުގެ ސަބަބުން ތައިލެންޑުގެ ސިފައިންނަށް އަނިޔާވުމާ ގުޅިގެން ކަމަށް ސަރުކާރުގެ ތަރުޖަމާނެއް ވަނީ ބުނެފައެވެ.

ކެމްބޯޑިއާ އިން ބުނެފައި ވަނީ ޖުލައި މަހު ހިނގި ހަމަލާތަކުގައި 40 އަށްވުރެ ގިނަ މީހުން މަރުވުމަށްފަހު، ދާއިމީ ސުލްޙައެއް ގެނައުމަށް ވެވުނު މި އެއްބަސްވުމަށް އެ ޤައުމުން އަދިވެސް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ތައިލެންޑުން މިއީ ސުލްޙައިގެ އެއްބަސްވުމެއް ކަމަށް ބުނުމަށް އިންކާރުކުރި ނަމަވެސް - އޮކްޓޯބަރު މަހު މެލޭޝިޔާގައި ބޭއްވުނު ޙަފްލާއެއްގައި ދެ ގައުމުން ސޮއި ކުރީ އެމެރިކާގެ ރައީސްގެ ހާޒިރުގައެވެ.

ނަމަވެސް ހޯމަ ދުވަހު، ތައިލެންޑުގެ ބޮޑުވަޒީރު އަނުޓިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އޭނާގެ ޤައުމުގެ ދިފާޢީ އިސްވެރިން ނިންމި ނިންމުމަށް ތާއީދުކުރައްވާ ކަމަށާއި، "ސަލާމަތީ ނުރައްކާ... އަދިވެސް ޙަޤީޤަތުގައި ކުޑަވެފައިނުވާ" ކަމަށެވެ.

ދެ ޤައުމުގެ މެދުގައި ސަރަޙައްދީ ޚިލާފު އުފެދިފައި ވަނީ ޤަރުނަކަށްވުރެ ގިނަ ދުވަސްކުރިން، ފަރަންސޭސިން ކެމްބޯޑިއާ އިސްތިއުމާރު ކުރުމަށް ފަހު ސަރަޙައްދީ އިން ކަނޑައެޅުނު ހިސާބުންނެވެ.

މި ޚިލާފުވުމުގެ ސަބަބުން އެކި ދުވަސްވަރު އެކި ފަހަރުމަތިން ހަމަލާތައް ހިނގާފައިވާއިރު، އެންމެ ފަހުން ހިނގި ހަމަނުޖެހުމުގައި 300,000 މީހުން ސަރަޙައްދު ދޫކޮށް ދާން ޖެހުނެވެ.

ހަނގުރާމަ ހުއްޓާލުމަށް އޮކްޓޯބަރު މަހު ހެދި އެއްބަސްވުމުގައި ދެ ޤައުމުން އެއްބަސްވެފައިވަނީ ޚިލާފު އުފެދިފައިވާ ސަރަޙައްދުން ބޮޑެތި ހަތިޔާރުތައް ދުރުކުރުމަށާއި، އެ ސަރަޙައްދު މޮނިޓަރކުރުމަށް ވަގުތީ އޮބްޒާވަރުންގެ ޓީމެއް ޤާއިމުކުރުމަށެވެ.

އެއްބަސްވުމުގެ ދަށުން ދެން އޮތް ފިޔަވަޅަކީ ތައިލެންޑުގައި ބަންދުކޮށްފައިވާ ކެމްބޯޑިއާގެ 18 ސިފައިން ދޫކޮށްލުމެވެ.

- ކޮމެންޓް