ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:39
މުބާރާތުގެ ސެމީގައި ވާދަކުރާ ވީނަސް ވިލިއަމްސް
މުބާރާތުގެ ސެމީގައި ވާދަކުރާ ވީނަސް ވިލިއަމްސް
ދި ގާޑިއަން
ޔޫއެސް އޯޕަން
ޔޫއެސް އޯޕަން: އަންހެން ސިންގަލްސް ސެމީގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން
މިއީ 1981 ވަނަ އަހަރުގެ ފަހުން ޔޫއެސް އޯޕަންގެ ސެމީގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން ވާދަކުރާނެ ފުރަތަމަ ފަހަރު
ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ މެޑިސަން ކީސްއާ ކޯކޯ ވެންޑެހޯ
ސެމީގެ ދެވަނަ މެޗުގައި ވާދަކުރާނީ ވީނަސް ވިލިއަމްސްއާ ސްލޮއާން ސްޓެފަންސް

 ޔޫއެސް އޯޕަން އަންހެން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިންކަން ކަށަވަރުވެއްޖެއެވެ.

ނިއު ޔޯކުގައި ކުރިޔަށްދާ ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ސިންގަލްސްގެ އިވެންޓުގައި ވާދަކުރާ ހަތަރު ކުޅުންތެރިންވެސް ނިސްބަތްވަނީ އެމެރިކާއަށެވެ.

އެގޮތުން ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ 15 ވަނައަށް ސީޑު ކުރެވިފައިވާ މެޑިސަން ކީސްއާ 20 ވަނައަށް ސީޑު ކުރެވިފައިވާ ކޯކޯ ވެންޑެހޯއެވެ. ކޯކޯ ވެންޑެހޯ ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ މުބާރާތުގެ އެއްވަނައަށް ސީޑު ކުރެވުނު ޗެކްރިޕަބްލިކްގެ ކެރޮލައިނާ ޕްލިސްކޯވާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އޭނާ މި މެޗުގެ ސެޓުތަށް ގެންގޮސްފައިވަނީ 7-6 އަދި 6-3 އަކުންނެވެ. މެޑިސަން ކީސް ސެމީގެ ޖާގައެއް ކަށަވަރު ކުރީ އެސްޓޯނިއާގެ ކައިއާ ކަނެޕީ 6-3 އަދި 6-3 އަކުން ބަލިކޮށްގެންނެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި ވާދަކުރާނީ މި މުބާރާތް ދެފަހަރު ކާމިޔާބު ކުރި ވީނަސް ވިލިއަމްސްއާ ޒުވާން ޓެނިސް ކުޅުންތެރިޔާ ސްލޮއާން ސްޓެފެންސްއެވެ. ވީނަސް ސެމީއަށް ދަތުރުކުރީ ދެ ސެޓު އެއް ސެޓުން 13 ވަނައަށް ސީޑު ކުރެވުނު ޗެކްރިޕަބްލިކްގެ ޕެޓްރާ ކިވިޓޯވާ ބަލިކޮށްގެންނެވެ. އަދި ސްޓެފެންސް ސެމީގެ ޖާގައެއް ކަށަވަރު ކުރީ ލެޓްވިއާގެ އަނަސްޓޭޝިއާ ސެވަސްޓޯވާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ.

މިއީ 1981 ވަނަ އަހަރުގެ ފަހުން ޔޫއެސް އޯޕަން ޓެނިސް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލްގައި ހުސް އެމެރިކާއަށް ނިސްބަތްވާ ކުޅުންތެރިން ވާދަކުރާނެ ފުރަތަމަ ފަހަރެވެ. މިކަމުން ދައްކުވައިދެނީ އެމެރިކާގައި ޓެނިސް ކުރިއަރަމުން އަންނަ މިނަވަރު ކަމަށާއި މިއީ މުސްތަގުބަލުގައިވެސް ޓެނިސް މުބާރާތްތަކުން އެމެރިކާގެ ޓެނިސް ކުޅުންތެރިން ކާމިޔާބު ހޯދާނެ ކަމުގެ ނިޝާނެއް ކަމަށް ގިނަ ބަޔަކު ގަބޫލްކުރެއެވެ.

ޔޫއެސް އޯޕަން އަންހެން ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލް މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް