Advertisement
ކ. މާލެ
|
10 ނޮވެންބަރ 2025 | ހޯމަ 12:57
ރައީސް މުއިއްޒު އައިޖީއެމްއެޗް އައިނު ފިހާރަ ހުޅުވައިދެއްވަނީ
ރައީސް މުއިއްޒު އައިޖީއެމްއެޗް އައިނު ފިހާރަ ހުޅުވައިދެއްވަނީ
އައިޖީއެމްއެޗް
ބަޖެޓް 2026
އައިނަށް ދޭ ފައިސާ 2000ށް ބޮޑު ކުރީ 2 އަހަރުން އެއް އަހަރު އެކަން ކުރެވޭ ގޮތަށް، 1000 ދިން އިރު ކޮންމެ އަހަރަކު އައިނު ހެދޭ!
ސަރުކާރުން ބަޖެޓު ހުށަހަޅަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް ޣަފޫރު ވިދާޅުވި
ބަޖެޓުގައި ޕްރޮޖެކްޓުތަކަށް ކަނޑައަޅާ އަދަދުތަކުގެ ތަފްސީލު ހިމަނަން ޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރޭ

އައިނު ހައްދަން އާސަންދަ އިން ދޭ ރުފިޔާ 2،000 ރުފިޔާއަށް ބޮޑު ކުރަން ސަރުކާރުން ނިންމިިއިރު މިހާރު އައިނު ހެއްދެނީ ކޮންމެ ދެ އަހަރުން އެއް އަހަރު ކަމަށާ އެއަށް ވުރެ މަދުން 1000 ރުފިޔާ ދިން އިރު ކޮންމެ އަހަރަކު އެއްފަހަރު އާސަންދަ އިން އައިނު ހެއްދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން މެންބަރު ޣަފޫރު ވިދާޅުވީ މި ސަރުކާރުން ކޮންމެ ކަމެއް ވެސް ކުރަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ސަރުކާރުން ބަޖެޓު ހުށަހަޅަނީ ވެސް ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް މެންބަރު ވިދާޅުވި އެވެ.

ޣަފޫރު ވިދާޅުވީ ބަޖެޓުގައި އެކިއެކި ޕްރޮޖެކްޓުތަކަށް ކަނޑައަޅާ އަދަދުތަކުގެ ތަފްސީލު ހިމަނަން ޖެހޭ ކަމަށް ގާނޫނުގައި ވެސް ބަޔާން ކުރާ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން ވެސް ކުރަނީ ގާނޫނާ ޚިލާފަށް ކަމަށް މެންބަރު ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ގިނަ ވާހަކަތަކެއް ދައްކާއިރު އައިނު ހައްދަން އާސަންދަ އިން ދޭ ރުފިޔާ 2،000 ރުފިޔާއަށް ބޮޑު ކުރަން ސަރުކާރުން ނިންމިިއިރު އެ ބަދަލާއެކު މިހާރު އައިނު ހެއްދެނީ ކޮންމެ ދެ އަހަރުން އެއް އަހަރު ކަމަށް މެންބަރު ވިދާޅުވި އެވެ. ނަމަވެސް އެކަމަށް 1000 ރުފިޔާ ދިން އިރު ވެސް ކޮންމެ އަހަރަކު އެއް ފަހަރު އާސަންދަ އިން އައިނު ހެއްދޭ ކަން ޣަފޫރު ފާހަގަކުރެއްވި އެވެ.

ކޮންމެ ކަމެއްގައި ވެސް އޮޅުވާލުން. އައިނު ހަދައިދޭން 2000ރ ދިން އިރުގައި އައިނު ހެދެނީ 2 އަހަރުން އެއް އަހަރު. ކުރިން 1000ރ ދީގެން ކޮންމެ އަހަރަކު ހެދޭ. ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރިއިރު ދެބައިކޮށްފަ އެއްބައި މުވައްޒަފުންނަށް މުސާރަވީ ކުޑަ.

ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

އާސަންދައިގެ އިތުރުން ސިވިލް ސަރވަންޓުންނަށް ދޭ މުސާރައާ ގުޅިގެން ވެސް ސަރުކާރުން އޮޅުވާލި އިރު ބަޖެޓުގައި އެންމެ ބޮޑު ރިކަރަންޓް ޚަރަދަކަށް އޮތީ މުވައްޒަފުންނަށް ދޭ މުސާރައާ އިނާޔަތްތައް ކަމަށް ޣަފޫރު ވިދާޅުވި އެވެެ. ނަމަވެސް އަދަދުތަކަށް ރަނގަޅަށް ބަލާލުމުން މި ބަޖެޓަކީ ރައްޔިތުންގެ ފައިސާ އިން 64 ބިލިއަން ރުފިޔާ ސަރުކާރުގެ ބޭނުމަށް ހޭދަކޮށްލަން އެކަށައެޅިފައިވާ ބަޖެޓެއް ކަން ހާމަވާ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

ދައުލަތުގެ ޕޭ ފްރޭމްވާރކަށް ބަދަލު ގެނެސްފައި ވަނީ މި ހިނގާ ނޮވެމްބަރ މަހުން ފެށިގެން އަމަލުކުރާ ގޮތަށެވެ. ޕޭ ފްރޭމްވާރކް ގެ އޮނިގަނޑަށް ގެނެސްފައިވާ 8 ވަނަ އިސްލާހުގެ ތެރެއިން 3 ދާއިރާއަކުން މުސާރަ އެއް ހަމަ ކުރެވޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ސިވިލް ސަރވިސް މުވައްޒަފުންނާއި ކައުންސިލްތަކުގެ މުވައްޒަފުންގެ އިތުރުން ޖުޑިޝަރީ ދާއިރާ އެވެ.

އެގޮތުން ބައެއް ތަންތަނުގައި އާ ބަދަލަށް އަމަލުކުރަން ފެށުމުން ބައެއް އިދާރީ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ނިސްބަތަށް ވުރެ އެ ތަންތަނުގައި ތިބި މަސައްކަތު މީހުންގެ މުސާރަ ބޮޑުވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީ އާއި ވާހަކަދެއްކި މީހަކު ބުނީ މިހާރު ގެނައި ބަދަލުތައް ގެނެސްފައި ވަނީ ހައިރާކީ އަށް ބެލުމަކާއި ނުލާ ކަމަށާއި މިއީ ކަމަކަށް ކަމެއް ކުރާ އުސޫލުން ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ.

އިތުރު ގަޑީގެ ފައިސާ ދެމުން އަންނަ ގޮތަށް ބަދަލު ގެނައުމަށް ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކަށް ބަދަލު ގެނެސްފައި ވަނީ 1 ނޮވެމްބަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމާ މުސާރަތައް އިއުލާންކުރުމުގެ 4 ދުވަސް ކުރިންނެވެ.

އެއާއި އެކު ރަސްމީ ބަންދު ނޫން ދުވަސްތަކުގެ މަސައްކަތު ވަގުތުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި އުޅޭ ވަގުތު އުނިކުރުމަށްފަހު އަށް ގަޑިއިރު ހަމަވުމުން ނޫނީ އިތުރުގަޑީގެ އިނާޔަތް ނުލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވާރކްގެ މިންގަނޑުތައް ވަނީ ބަދަލުކޮށްފަ އެވެ.

- ކޮމެންޓް