ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:50
ބަންގްލަދޭޝްއާ އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން
ބަންގްލަދޭޝްއާ އޮސްޓްރޭލިއާ ވާދަކުރި މެޗުގެ ތެރެއިން
ގޫގުލް
ކްރިކެޓް
އޮސްޓްރޭލިއާއިން ދެވަނަ މެޗުގެ ލީޑު ނަގައިފި
މި ޓެސްޓް ސީރީސްގެ ފުރަތަމަ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފައިވަނީ 20 ލަނޑުން
ދެވަނަ މެޗުގެ ލީޑު އޮސްޓްރޭލިއާއިން ނަގާފައިވަނީ ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު 72 ލަނޑު ކުރީގައި އޮވެގެން

ބަންގްލަދޭޝްއާ އޮސްޓްރޭލިއާއާ ދެމެދު ކުރިޔަށް ދާ ޓެސްޓް ސީރީސްގެ ދެވަނަ މެޗުގެ ލީޑު އޮސްޓްރޭލިއާއިން ނަގައިފިއެވެ.

"އޮސްޓްރޭލިއާ ޓުއާ އޮފް ބަންގްލަދޭޝް" ގެ ޓެސްޓް ސީރީސްގެ ދެވަނަ މެޗުގެ ލީޑު އޮސްޓްރޭލިއާއިން ނަގާފައިވަނީ ތިންވަނަ ދުވަހުގެ ކުޅުން ނިމުނުއިރު 72 ލަނޑުގެ ލީޑެއް ނަގައިގެންނެވެ.

ދެވަނަ މެޗުގައި ޓޮސް ދިމާވެގެން ކުޅެން އަރާ ބަންގްލަދޭޝްއިން ވަނީ 113 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 305 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ބަންގްލަދޭޝްގެ ޓީމުން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 166 ބޯޅައިން 68 ލަނޑު ހެދި އެ ޓީމުގެ ކެޕްޓަން މުޝްފިގުއް ރަހީމްއެވެ.

ޖަވާބުގައި ކުޅެން އަރާ އޮސްޓްރޭލިއާއިން ވަނީ އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 377 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާގެ ޓީމުން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 234 ބޯޅައިން 123 ލަނޑު ހެދި ޑޭވިޑް ވާނާއެވެ.  މިއީ ވާނާ ސެންޗަރީއެއް ޖެހިޖެހިގެން ފުރިހަމަ ކުރި ދެވަނަ މެޗެވެ.

މި ޓެސްޓް ސީރީސްގައި ކުޅުމަށް ހަމަޖެހިފައިވަނީ ތިން މެޗެވެ. އެގޮތުން ބަންގްލަދޭޝްއިންވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވަނީ 20 ލަނޑުންނެވެ.

ބަންގްލަދޭޝްއިން ވަނީ ފުރަތަމަ މެޗުގައި ޓޮސް ދިމާވެގެން ކުޅެން އަރާ 78 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 260 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 133 ބޯޅައިން 84 ލަނޑު ހެދި އަލް ހަސަންއެވެ. ޖަވާބުގައި ކުޅެން އަރާ 74 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އޮސްޓްރޭލިއާއަށް ހެދިފައިވަނީ 217 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 94 ބޯޅައިން 45 ލަނޑު ހެދި މެޓް ރެންޝޯއެވެ.

ދެވަނަ އިނިންގްސްގައި ބަންގްލަދޭޝްއިން ވަނީ 79 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 221 ލަނޑު ހަދާފައެވެ. މި އިނިންގްސްގައި ބަންގްލަދޭޝްއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 155 ބޯޅައިން 78 ލަނޑު ހެދި ތަމީމް އިގްބާލްއެވެ. ޖަވާބުގައި ކުޅެން އަރާ 70 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން  ނުބައިވެގެން އޮސްޓްރޭލިއާއަށް ހެދިފައިވަނީ 244 ލަނޑެވެ. މި އިނިންގްސްގައި އޮސްޓްރޭލިއާއިން އެންމެ ރަނގަޅަށް ބެޓު ކޮށްފައިވަނީ 135 ބޯޅައިން 112 ލަނޑު ހެދި ޑޭވިޑް ވާނާއެވެ.

މި ޓެސްޓް ސީރީސްގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް