Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 11:14
އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު - ހިލޭ އެހީ އެންމެ ބޮޑަށް ރާއްޖެ އަށް ދެނީ އިންޑިއާ އިން
އިންޑިއާ އައުޓް ކެމްޕެއިންގައި ރައީސް މުޢިއްޒު - ހިލޭ އެހީ އެންމެ ބޮޑަށް ރާއްޖެ އަށް ދެނީ އިންޑިއާ އިން
ރާއްޖެއެމްވީ
ބަޖެޓް 2026
މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ
އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އެއްޗެއް ދޭނެ ކަމަށް ބެލެވެނީ އިންޑިއާ އިން
މި ހިނގާ 2025 ވަނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރިނަމަވެސް ލިބުނީ 34.4 މިލިއަން ރުފިޔާ އެވެ
ޗައިނާ އިން ހިލޭ އެހީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބޭނެ ކަމަށް މުއިއްޒު ސަރުކާރުން ނުދެކޭ

މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށް ބަޖެޓުގައި ހިމަނައިފި އެވެ.

މިކަން ބަޔާން ކޮށްފައި ވަނީ، 2026 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް މިނިސްޓްރީ އޮފް ފިނޭންސުން ހުށަހަޅާފައިވާ ބަޖެޓުގައި، ބޭރުގެ ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ ފައިސާގެ ތާވަލުގައެވެ.

ބޭރު ގައުމުތަކުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ ޖުމްލަ އަދަދަކީ 85 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 73.6 މިލިއަން ރުފިޔާ އަކީ، އެ ގައުމަކާ މެދު ދިވެހިންގެ ހިތުގައި ނަފްރަތު އުފެއްދުމަށް މުއިއްޒު އިސްވެ ހުރެ ހިންގި އެންޓި ކެމްޕޭނެއް އަމާޒު ކުރި އިންޑިއާ އިން ދޭ ހިލޭ އެހީ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވާކަމަށް ވިދާޅުވި ނަމަވެސް، ޗައިނާ އިން އަންނަ އަހަރު އެއްވެސް ހިލޭ އެހީއެއް ލިބޭނެ ކަމަށް މުއިއްޒު ސަރުކާރުން އަންދާޒާ ނުކުރެއެވެ.

މި ހިނގާ 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރީ ހިލޭ އެހީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ނަމަވެސް ލިބުނީ 34.4 މިލިއަން ރުފިޔާ އެވެ. މިހެންކަމުން، ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދުގެ 2 ޕަސެންޓު ވެސް ނުލިބެއެވެ.

ރާއްޖެ އަށް ހިލޭ އެހީ ލިބުން ދަށްވެފައިވަނީ، މި ސަރުކާރުގައި ހަރުދަނާ އިގްތިސާދީ ސިޔާސަތެއް ނެތުމާއި، ހާރިޖީ ސިޔާސަތުގެ ދޯހަޅިކަމާއި ކަރަޕްޝަން އާއްމު ވުމުގެ ސަބަބުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ވެރިކަމަށް ވަޑައިގަންނަވަމުން މުއިއްޒު ވިދާޅުވީ، ބޭރުގެ ގައުމުތަކުން ސަރުކާރަށް ބޭނުންވާ އެހީ ހުރީ ހަމަޖެހިފައި ކަމަށާއި ހާސްވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމުގައެވެ.

- ކޮމެންޓް