ކ. މާލެ
|
7 ސެޕްޓެންބަރ 2017 | ބުރާސްފަތި 09:56
ފުވައްމުލަކުގައި ކުރިޔަށްދާ މުބާރާތުގެ ތެރެއިން
ފުވައްމުލަކުގައި ކުރިޔަށްދާ މުބާރާތުގެ ތެރެއިން
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ކްރިކެޓް
ޓީ- ޓުވެންޓީ ވިމެންސް ކްރިކެޓްކަޕް ފަށައިފި
މިމުބާރާތުގައި 3 ޓީމަކުން ވަނީ ބައިވެރިވެފަ
މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ 20 އޯވަރަށް

ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ގައުމީ އަންހެން ކްރިކެޓް މުބާރާތް ފަށައިފިއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތުގައި ތިން ޓީމަކުން ވަނީ ބައިވެރިވެފައެވެ. ފުއައްމުލަކުގައި ކުރިއަށްގެންދާ މިމުބާރާތުގައި ބައިވެރިވެފައިވަނީ މާލޭ ލޭޑީސް ޓީމާ ފުއައްމުލަކުގެ ދެޓީމުކަމަށްވާ ރަސްރަނި ޓީމާ ޗެލެންޖާރސް ޓީމެވެ.

20 އޯވަރަށް ކުޅޭ މިމުބާރާތުގެ ކުޅުން ކުރިޔަށްދާނީ ފުއައްމުލަކު ކްރިކެޓް ދަނޑުގައެވެ. މިމިހުގެ 9 ވަނަދުވަހާ ހަމަޔަށް ކުރިއައްދާ މިމުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ މަލޭ ލޭޑީސް ޓީމާއި ފުއައްމުލަކުގެ ރަސްރަނިން ގެ ޓީމެވެ. މިމެޗު 20 ލަނޑުން ކާމިޔާބު ކުރީ  ރަސްރަނިން ގެ ޓީމެވެ.

މި މުބާރާތުގެ ދެ ވަނަ މެޗުގައި ބައްދަލުކުރީ ރަސްރަނިން ގެ ޓީމާއި ޗެލެންޖާރސްގެ ޓީމެވެ. 37 ލަނޑުގެ ތަފާތުން މި މެޗް ކާމިޔާބު ކުރީ ރަސްރަނިންގެ ޓީމެވެ. ޗެލެންޖާރސް ގެ ޓީމުން 20 އޯވަރު ހަމަވިއިރު ޖުމްލް ހެދިފައިވަނީ 89 ލަނޑެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާ ފައިވަނީ ރަސްރަނިންގެ ފާތުމަތު އައިމާއެވެ. އައިމާ ވަނީ އެ ޓީމަށް 52 ލަނޑު ހަދާދީފައެވެ.

މި މުބާރާތުގެ ތިންވަން މެޗުގައި ބައްދަލުކުރާނީ މާލޭ ލޭޑީސް ގެ ޓީމާއި ޗެލެންޖާރސް ގެ ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް