ކ. މާލެ
|
6 ސެޕްޓެންބަރ 2017 | ބުދަ 19:40
ހަރިކޭން އިރްމާ ވަނީ ކެރީބިއަންގެ ރަށްތައް ސުންނާފަތިކޮށް ޕައުޓަރިކޯ އަށް މިސްރާބު ޖަހާފައި
ހަރިކޭން އިރްމާ ވަނީ ކެރީބިއަންގެ ރަށްތައް ސުންނާފަތިކޮށް ޕައުޓަރިކޯ އަށް މިސްރާބު ޖަހާފައި
ޓްވިޓަރ
ތޫފާން "އިރްމާ"
ކެރީބިއަން ރަށްތަކަށް އެރި ވަރުގަދަ ތޫފާން "އިރްމާ" ގައި ބޮޑެތި ގެއްލުންތަކެއްވެއްޖެ
ތޫފާނުގައި ވައި ހުރީ ގަޑިއަކު 185 މޭލު ބާރުމިނުގައި
މިއީ އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާން
ތޫފާން އިރްމާ މިހާރު މިސްރާބު ހުރީ ޕޯޓަރިކޯ އަށް

ކެރީބިއަން ރަށްތަކަށް އެރި ވަރުގަދަ ތޫފާން "އިރްމާ" ގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފްރާންސްގެ އިންޓީރިއާ މިނިސްޓާ ޖެރާޑް ކޮލޮމްބްވެސް ވިދާޅުވީ، ކެޓަގަރީ ފަހެއްގެ ބާރުގަދަ މި ތޫފާނުގައި ކެރީބިއަންގެ ރަށެއް ކަމަށްވާ ސެއިންޓް މާޓިންގެ އެންމެ ވަރުގަދަ ހަތަރު އިމާރާތެއް އެއްކޮށް ވަނީ ބިމާ ހަމަވެފައިވާ ކަމަށާއި، ހަލާކުވި އިމާރާތްތަކުގެ ތެރޭގައި ސަރުކާރުގެ އިމާރާތްތައް ވެސް ހިމެނޭކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، ފްރާންސްގެ އެމެޖެންސީ ޓީމުތަކެއް މިހާރު ކެރީބިއަން އައިލޭންޑްސްގެ ރަށްތަކަށް ގޮސްފައިވާ ކަމަށާއި، އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކެރީބިއަން އައިލޭންޑްސްގެ ގިނަ ރަށްތައް ސުންނާފަތި ކޮށްލުމަށް ފަހު، މި ތޫފާން މިހާރު މިސްރާބު ޖަހާފައި ވަނީ ޕައުޓޮރިކޯ އަދި ޑޮމެނިކަން ރިޕަބްލިކް އަށެވެ. މި ތޫފާނުގެ އަސަރު މި ހަފްތާގައި ކުރާނެ ކަމަށް ލަފާކޮށް އެމެރިކާގެ ފްލޮރިޑާގެ ކީ ވެސްޓް ސަރަހައްދުން ވަނީ މީހުން ފޮނުވާލުމުގެ މަސައްކަތް ފަށާފައެވެ.

ތޫފާނުގެ މިސްރާބު އެތައް ރަށަކަށް ހުރިއިރު އޭގެ ތެރޭގައި ޕޯޓަ ރިކޯ،އެންޓިގުއާ، ސެއިންޓް ކިސްޓްސް،އަދި ނޭވިސް އާއި ޔޫއެސް ވަރޖިން އައިލެންޑްސް ހިމެނެއެވެ.

އެޓްލާންޓިކް ކަނޑުގައި އުފެދުނު އެންމެ ބާރުގަދަ ތޫފާނުގައި ވައި ހުރީ ގަޑިއަކު 185 މޭލު ބާރުމިނުގައި ކަމަށް އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް