Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2025 | އަންގާރަ 13:52
ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އެއް ގައުމުގެ ގޮތުގައި މެކްސިކޯގެ  ބެލެވޭއިރު، 1994 ވަނަ އަހަރުން ފެށިގެން 150 އަށް ވުރެ ގިނަ ނޫސްވެރިން އަދި މީޑިއާގައި މަސައްކަތް ކުރާ މީހުން ވަނީ މަރާލެވިފައި
ނޫސްވެރިންނަށް އެންމެ ނުރައްކާތެރި އެއް ގައުމުގެ ގޮތުގައި މެކްސިކޯގެ ބެލެވޭއިރު، 1994 ވަނަ އަހަރުން ފެށިގެން 150 އަށް ވުރެ ގިނަ ނޫސްވެރިން އަދި މީޑިއާގައި މަސައްކަތް ކުރާ މީހުން ވަނީ މަރާލެވިފައި
ރޮއިޓަރސް
މެކްސިކޯ
މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރާ ނޫސްވެރިޔަކު މަރާލައިފި
ޑުރާންގޯ ސްޓޭޓުގެ، ސްޓޭޓް ޕްރޮސެކިއުޓަރުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ސަލާމަތީ މައްސަލަތަކާ ގުޅޭ ގޮތުން ރިޕޯޓު ކުރަމުން އައި ނޫސްވެރިޔަކު ވަނީ މަރާލައިފަ އެވެ. އެއީ މިގުއެލް އެންޖެލް ބެލްޓްރާން ނަމަކަށް ކިޔާ ނޫސްވެރިޔެކެވެ.

މެކްސިކޯގައި މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރަމުން އައި ނޫސްވެެރިޔަކު މަރާލައިފި އެވެ.

ޑުރާންގޯ ސްޓޭޓުގެ، ސްޓޭޓް ޕްރޮސެކިއުޓަރުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ސަލާމަތީ މައްސަލަތަކާ ގުޅޭ ގޮތުން ރިޕޯޓު ކުރަމުން އައި ނޫސްވެރިޔަކު ވަނީ މަރާލައިފަ އެވެ. އެއީ މިގުއެލް އެންޖެލް ބެލްޓްރާން ނަމަކަށް ކިޔާ ނޫސްވެރިޔެކެވެ.

އޭނާ އަކީ ޗާޕު މީޑިއާގައި މީގެ ކުރިން މަސައްކަތް ކުރުމަށް ފަހު، ފަހަކަށް އައިސް ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލާމަތީ މައްސަލަރައް ރިޕޯޓު ކުރަމުން އައި ނޫސްވެރިޔެކެވެ. އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލަ ރިޕޯޓު ކުރުމުގައި ފާހަގަ ކޮށްލެވޭ ނޫސްވެރިޔެކެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ބުނެފައިވާ ގޮތުގައި، 1994 ވަނަ އަހަރުން ފެށިގެން މެކްސިކޯގައި 150 އަށް ވުރެ ގިނަ ނޫސްވެރިން އަދި މީޑިއާ ތަކުގައި މަސައްކަތް ކުރާ މީހުން ވަނީ މަރާލެވިފަ އެވެ. އެކަމުގެ ސަބަބުން، މެކްސިކޯ އަކީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ޤައުމު ތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

މަސްތުވާތަކެތީގެ ވިިޔަފާރިއާ ގުޅުން ހުރި ކަންކަން ރިޕޯޓު ކުރާ ނޫސްވެރިންނަށް މެކްސިކޯގައި އަމާޒު ކުރެވޭ ހަމަލާތައް އިތުރު ވަމުންދާ ކަމަށް ބައިނަލްއަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާ އިން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމާ މެދު ވަނީ ކަންބޮޑުވުން ވެސް ފާޅު ކޮށްފަ އެވެ. އަދި އެ ފަދަ މަރުތަކާ ގުޅިގެެން އެކަށީގެންވާ ތަހުގީގެއް ވެސް ކުރިއަށް ނުގެންދެވޭ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް