Advertisement
ކ. މާލެ
|
26 އޮކްޓޯބަރ 2025 | އާދީއްތަ 12:38
ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި ރާއްޖޭގެ ދަރިވަރުން ބައިވެރިވަނީ
ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި ރާއްޖޭގެ ދަރިވަރުން ބައިވެރިވަނީ
ރާއްޖެއެމްވީ
ފޯލޫޕް ކޯޑިންގ އެކަޑަމީ
ޕެނަމާ ގައި ބާއްވާ ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖްގައި "ޓީމް މޯލްޑިވްސް - ފަސްޓް ގްލޯބަލް ޗެލެންޖް 2025" ގެ ނަމުގައި ރާއްޖެ އިން ބައިވެރި ވަނީ
ފޯލޫޕް ކޯޑިންގ އެކަޑަމީއަކީ ދިވެހިރާއްޖޭގައި ސްޓެމް ތަޢުލީމުގެ ދާއިރާގައި އިސްދައުރެއް އަދާކުރާ އަދި ސްޓެމް.އޯގް އެކްރެޑިޓެޑް™ އެޑިއުކޭޝަނަލް އެކްސްޕީރިއަންސް ލިބިފައިވާ މަރުކަޒެއް

ޕެނަމާގައި ބާއްވާ 2025 ވަނަ އަހަރުގެ ފަސްޓް ގްލޯބަލް ރޮބޮޓިކްސް ޗެލެންޖުގައި "ޓީމް މޯލްޑިވްސް - ފަސްޓް ގްލޯބަލް ޗެލެންޖް 2025" ގެ ނަމުގައި، ފޯލޫޕް ކޯޑިންގ އެކަޑަމީގެ 5 ދަރިވަރުންނާއި އެއް މެންޓާރ ބައިވެރިވާން ނިންމައިފި އެވެ.

ފޯލޫޕް ކޯޑިންގ އެކަޑަމީ އަކީ ދިވެހިރާއްޖޭގައި ސްޓެމް ތަޢުލީމުގެ ދާއިރާގައި އިސްދައުރެއް އަދާކުރާ މަރުކަޒެކެވެ. މިއީ ދިވެހިރާއްޖޭގައި ހަމައެކަނި ސްޓެމް.އޯގް އެކްރެޑިޓެޑް™ އެޑިއުކޭޝަނަލް އެކްސްޕީރިއަންސް ލިބިފައިވާ އަދި ދުނިޔޭގެ ފެންވަރުގައި "ސްޓެމްގެ އެންމެ ރަނގަޅު" ބްރޭންޑްތަކުގެ ތެރެއިން މަތީ 5 އިންސައްތައިގެ ތެރޭގައިވެސް ސްޓެމް.އޯގް އިން ހިމަނާފައިވާ މަރުކަޒެކެވެ.

މިކަމާއި ގުޅިގެން ފޯލޫޕް ކޯޑިން އެކަޑަމީގެ ކޯފައުންޑަރ އިސްމާޢީލް ރިޔާޒް ވިދާޅުވީ، މިއީ ހަމައެކަނި ރޮބަޓިކްސް މުބާރާތެއް ނޫން ކަމަށާއި ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރާއި، އީޖާދު ކުރުންތެރިކަމާއި، ޓެކްނޮލޮޖީ އަށް ކުރާ ލޯބި ދުނިޔޭގެ މަސްރަޙުގައި ދެއްކުމުގެ ލިބޭ ރަގަޅު ފުރުސަތެއް ކަމަށެވެ.

މިއީ ހަމައެކަނި ރޮބަޓިކްސް މުބާރާތެއް ނޫން "ދިވެހި ޒުވާނުންނަށް އެމީހުންގެ ހުނަރާއި، އީޖާދުކުރުންތެރިކަމާއި، ޓެކްނޮލޮޖީއަށް ކުރާ ލޯބި ދުނިޔޭގެ މަސްރަޙުގައި ދެއްކުމުގެ ލިބޭ ރަގަޅު ފުރުސަތެއް، ފަސްޓްގޮލޯބަލް ޗެލެންޖްގެ ރައްޖޭގެ ޕާރޓްނަރ ވިމެން އިން ޓެކް މޯލްޑިވްސްއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން"، ރާއްޖެ ޖޯގްރަފީ ގޮތުން ކުޑަނަމަވެސް އަހަރެމެންގެ ޒުވާނުންގެ ވިސްނުމާ އުފެއްދުންތެރިކަން ވަރަށްފުޅާ، މިކަހަލަ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ފަހިކޮށްދިންކަމަށްޓަކައި އުފާކުރަން.

ފޯލޫޕް ކޯޑިން އެކަޑަމީގެ ކޯފައުންޑަރ އިސްމާޢީލް ރިޔާޒް

ފޯލޫޕް ކޯޑިންގ އެކަޑަމީ އަކީ އިންޓަރނޭޝަނަލް ސްކޫލްތަކުގައި ވެސް ފުޅަދާއިރާއެއްގައި ކޯޑިންނާއި ރޮބަޓިކްސް އިންޖިނިއަރިން ކިޔަވައިދެމުން އަންނަބައެކެވެ.

ޕެނަމާގައި ބާއްވާ "ފަސްޓް ގޮލޯބަލް ރޮބަޓިކްސް ޗެލެންޖް" ގައި ބައިވެރިވުމުގެ ފުރުސަތު ލިބފައި ވަނީ ވިމެން އިން ޓެކް މޯލްޑިވްސްގެ އެހީތެރިކަމާއެކުއެވެ. ވިމެން އިން ޓެކް އަކީ ފަސްޓް ގޮލޯބަލްގެ ދިވެހިރާއްޖޭގެ ޕާރޓްނަރެވެ.

ފޯލޫޕްކޯޑިން އެކަޑަމީން މާލޭގެ ބައެއް ސްކޫލްތަކުގަ އާއި އެކަޑަމީގައި ވެސް ސްކޫލް ދަރިވަރުންނަށް ހުޅުވާލައިގެން ޕްރޮގުރާމްތަށް ކުރިޔަށް ގެންދެއެވެ. ސުކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ކޯޑިންގ، ރޮބޮޓިކްސް އިންޖިނިއަރިންގ، ޑިޖިޓާލް އާޓް އަދި ޑިޖިޓަލް އައު އުފެއްދުންތަކަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް ތަފާތު ޕްރޮގުރާމްތަށް ކުރިޔަށްގެންދެއެވެ.

- ކޮމެންޓް