އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނެގި ވޯޓުގައި މީދޫ އާއި ހުޅުދޫ ވަކިވާން ނިންމިއިރު، ފޭދޫ އިން އެއްކޮށް އޮންނަން ނިންމައިފި އެވެ.
ވަގުތީ ނަތީޖާ ތަކަށް ބަލާއިރު، ފޭދޫ ކައުންސިލް ވަކިން އޮންނަން ނުފެންނަ ކަމަށް 1782 ވޯޓު ވަނީ ލިބިފަ އެވެ. އަދި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް 615 ވޯޓު ވަނީ ލިބިފަ އެވެ.
މީދޫ އިން ވަކި ކައުންސިލެއް އޮންނަން ފެންނަ ކަމަށް 841 ވޯޓު ލިބިފައިވާއިރު، ނުފެންނަ ކަމަށް ލިބިފައި ވަނީ 144 ވޯޓެވެ. މީގެ އިތުރުން ހުޅުދޫ ވަކި ކައުންސިލެއްގެ ގޮތުގައި އޮންނަން ފެންނަ ކަމަށް 720 ވޯޓު ލިބިފައިވާއިރު، ނުފެންނަ ކަމަށް ލިބިފައި ވަނީ 325 ވޯޓެވެ.
(އިތުރު ތަފްސީލް އަންނަނީ)