Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 14:26
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވަނީ - 16 ނޮވެމްބަރު 2024
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހް ކޮށްދެއްވަނީ - 16 ނޮވެމްބަރު 2024
ރައީސް އޮފީސް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
އެއްވެސް ޚިދުމަތެއް ނުދޭ ޑިވެލޮޕްމަންޓް ބޭންކް އަށް ސަރުކާރުން 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފި
މީގެ ކުރިން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 2024 ވަނަ އަހަރު އެ ބޭންކަށް 3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް 8،998،267 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ އެއްވެސް އޮޕަރޭޝަނެއް ނުފަށައި ހިދުމަތް ނުދިން ނަމަވެސް އެ ބޭންކަށް މިހާތަނަށް 11.9 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފައްދާފައިވަނީ 16 މެއި 2024 ގައެވެ. މި ބޭންކް އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ޑިވެލޮޕްމަންޓް ބޭންކަށް އެމްއެމްއޭ އިން ލައިސަންސް ދީފައިވަނީ 13 އޮކްޓޯބަރު 2024 ވީ އާދިއްތަ ދުވަހުއެވެ. ނަމަވެސް މިހާތަނަށް އައި އިރު މި ބޭންކުގެ އެއްވެސް ޚިދުމަތެއް ދީފައެއް ނުވެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަދަދު ނޫހުން ހޯދި މައުލޫމާތުތައް ދައްކާ ގޮތުން ބޭންކު އުފެއްދި ތާރީހުން ފެށިގެން މިހާތަނަށް އެތަނަށް 11،998،267 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ. މިކަމާއި ގުޅޭ ތަފްސީލީ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން 2024 ވަނަ އަހަރު އެ ބޭންކަށް 3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޮގަސްޓް މަހާ ހަމައަށް 8،998،267 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ތަރައްގީގެ މަޝްރޫއުތަކަށް ހާއްސަކޮށްގެން ކަމަށް ބުނެ މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް އަށް ލައިސަންސް ދިނީ 1 އަހަރު ދުވަހުގެ ތެރޭގައި ބޭންކުން ހިދުމަތް ދިނުަމަށް ޝަރުތުކުރުމަށް ފަހު އެވެ. ނަމަވެސް މި އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް 1 އަހަރުވި އިރު 1`1.0 މިލިއަން ރުފިޔާ ހަރަދު ކުރުމުގެ އިތުރަށް އިތުރު އެއްވެސް މަސައްކަތެއް ކޮށްފައި ނުވެ އެވެ.

11.9 މިލިއަން ރުފިޔާ ބޭންކަށް ހަރަދު ކުރި ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނި އިރު، އެތަން ހިންގަން ވެގެން އޮފީސް ހަދާފައިވަނީ އެލައިޑް ބިލްޑިންގަ އެވެ. ނަމަވެސް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ހިންގާ އިމާރާތައް ކުލި ނުދައްކާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ. މިދިޔަ ޖުލައި މަހު އެސްޓީއޯ އިން ބުނެފައި ވަނީ "މިހާތަނަށް އެއްވެސް މަހެއްގެ ކުލި އެ ކުންފުންޏަށް ލިބިފައި ނުވާ" ކަމަށެވެ.

- ކޮމެންޓް