Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2025 | ހުކުރު 13:46
ހިންނަވަރުގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތައް
ހިންނަވަރުގައި އިމާރާތް ކުރާ ހައުސިން ޔުނިޓްތައް
ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް
ހިންނަވަރު
ހިންނަވަރުގެ ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ހުއްޓި، އިމާރާތްތައް ވީރާނާވަނީ
ކުރީ ސަރުކާރުގައި ހައުސިން ޔުނިޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިޔަ
ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 6 ޖުލައި 2022 ގައި

ޅ.ހިންނަވަރުގައި ހައުސިން ޔުނިޓްތަކުގެ މަޝްރޫއު ހުއްޓި، އިމާރާތްތައް ވީރާނާވާން ފަށައިފި އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ ވިދާޅުވީ ހިންނަވަރުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، މި މައްސަލަ ހައްލު ކުރުމަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގައި ދިނުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ގައި ރައްޔިތުން ވަރަށް ބޮޑަށް އެދުނު ކަމަށެވެ. އަދި ރައްޔިތުންގެ އެދުމުގެ މަތިން 100 ހައުސިން ޔުނިޓް އިމާރާތް ނިންމައި، މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށާފައިވާ ކަަމަށެވެ.

އިބްރާހިމް ވިދާޅުވީ ސަރުކާރު ބަދަލުވުމާ ގުޅިގެން މި މަޝްރޫއު އެއްކޮށް ހުއްޓިފައިވާ ކަމަށާއި، މިހާރު އިމާރާތްތައް ވީރާނާވަމުންދާ ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ރައްޔިތުން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންނަވަރުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެންމެ ބޮޑު ޕްރޮޖެކްޓްގެ ގޮތުގައި ނުވަތަ ރައްޔިތުންނަށް އެންމެ ބޭނުންވެފައި ހުރި ޕްރޮޖެކްޓެއްގެ ގޮތުގައި މިގެންދެވީ ހައުސިން ޔުނިޓްގެ މަސައްކަތް. އެއީ ޖުމްލަ 100 ހައުސިން ޔުނިޓް. އޭގެ ތެރޭގައި ހިމެނޭނީ 50 ރޯހައުސްއާއި، 50 ސިންގަލް ހައުސިން ޔުނިޓް. އޭތި ވެރިކަން ބަދަލުވިއިރު އޭގެ ބޮޑުބައެއް އަސްލު އިނީ ކުރިއަށް ގޮސްފައި. ނަމަވެސް މިވެރިކަމާއެކު މަސައްކަތް އެއްކޮށް ހުއްޓާލައިފި. ކޮންޓްރެކްޓަރު ވެސް ފައިބައިފި އަދި ތަން އެދަނީ ވީރާނާވަމުން. ރައްޔިތުންގެ އެތައް ފައިސާއެއް ބޭކާރު ގޮތުގައި ހަރަދުވެގެން އެދަނީ. އެއީ އެންމެ މުހިންމު ކަމަކަށް ރައްޔިތުން ފާހަގަކުރާ ކަމަކީ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ނައިބު ރައީސް އިބްރާހިމް އަބްދުﷲ

ހިންނަވަރުގައި 100 ހައުސިން ޔުނިޓް އެޅުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 6 ޖުލައި 2022 ގަ އެވެ. ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މި މަޝްރޫއަކީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއެކެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 83.8 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 700 އަކަފޫޓްގެ ދެ ބުރީގެ 50 ރޯ ހައުސް އާއި 1000 އަކަފޫޓްގެ އެއްބުރީގެ 50 ހައުސިން ޔުނިޓް އެޅުމަށް ނިންމި އެވެ. އެގޮތުން ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާހާނާ އާއި ސިޓީން ރޫމެއް ހިމެނެއެވެ. އަދި ބަދިގެ އާއި ކާގެ އާއި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއް ވެސް ހުންނާނެ އެވެ.

- ކޮމެންޓް