Advertisement
ކ. މާލެ
|
23 އޮކްޓޯބަރ 2025 | ބުރާސްފަތި 18:45
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު
ރާއްޖެއެމްވީ
އައްްޑޫ ސިޓީ
ސިޓީއެއްގެ ގޮތުގައި އޮތުމުން އެހެންތަނަކަށް ނުކުރާހާ ބޮޑު ހަރަދު އައްޑޫ ސިޓީ އަށް ކޮށްފައިވޭ: ނިޒާރު
ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އިންޓަރނޭޝަނަލް އިވެންޓަކީ އައްޑޫ ސިޓީގައި ބޭއްވުނު ސާކް ސަމިޓް

ސިޓީއެއްގެ ގޮތުގައި އޮތުމުން ރާއްޖެގެ އެހެންތަނަކަށް ނުކުރާހާ ބޮޑު ހަރަދު އައްޑޫ ސިޓީއަށް ކޮށްފައިވާ ކަމަށާއި، މިހާތަނަށް އެންމެ ބޮޑު ގްރާންޓެއް ލިބިފައިވަނީވެސް އައްޑޫ ސިޓީއަށް ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްެޖެ އެވެ.

އައްޑޫ ސިޓީ ބައިބައިކޮށްލަން ސަރުކާރުން ނަގަން އުޅޭ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ރާއްޖެޓީވީ އިން ގެނެސްދިން ބަހުސްގައި ވާހަކަ ދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު ނިޒާރު ވިދާޅުވީ އަތޮޅުތަށް ހިންގުމަށް ގެނެވުނު އިދާރީ ބަދަލުގައި އައްޑު އަތޮޅަށް ސިޓީއެއްގެ ގޮތުގައި އޮތުމަށް ހުށަހެޅުން ލިބިގެން ދިޔަ ކަމަށެވެ. އަދި އައްޑޫ ސިޓީއަކީ، ސިޓީއެއްގެ ސިފަ ގެނެވެން އޮތް ހަމައެކަނި ތަނަށް ވާތީ 2010 ވަނަ އަހަރު އެކަން އެގޮތަށް ނިންމި ކަމަށެވެ.

ނިޒާރު ވިދާޅުވީ ސިޓީއެއްގެ ގޮތުގައި އޮތުމުން މި ފާއިތުވެދިޔަ 15 އަހަރު ތެރޭގައި، ރާއްޖޭގެ އެއްވެސް ތަނަކަށް ދައުލަތުން ނުކުރާ ޚަރަދުކޮށްފިކަމަށެވެ. އޭގެއިން އެންމެ ބޮޑު އެއް ނިންމުމަކަށް ވެގެންދިޔައީ 2010 ވަނަ އަހަރު ފަހުގެ ތާރީޚެއްގައި ހިނގި އެންމެ މުހިންމު އެއް ކަމަކީ، ސާކް ސަމިޓް ބޭއްވިގެން ދިއުން ކަމަށެވެ. އެގޮތުން އިންޓަރނޭޝަނަލް އިވެންޓެއްގެ ގޮތުގައި މި ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އިވެންޓަކީ އެއީ ކަމަށެވެ.

މުޅި ރާއްޖޭގައިވެސް ބޭއްވުނު ޙަޤީޤަތުގައި އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނެނީ މި ސަމިޓް ބޭއްވުން. އެއީ، މި ސަރަހައްދުގެ ހަތް ޤައުމުގެ ވެރިން މި ތަނަށް ގެނެސްގެން މިކަން ކުރެވުނީ. އެކަން ކުރި އައްޑޫ ސިޓީގައި. އެކަން ކުރުމުންވެސް އެއް ބިލިއަން ރުފިޔާގެ ޚަރަދު އައްޑޫ ސިޓީއަށް ކުރެވުނީ. ދެން އޭގެ އިތުރަށް މި ފާއިތުވެގެން މިދިޔަ 5 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ހަނދާނެއް ނެތޭ އަޅުގަނޑުމެންނަށް 5.5 ބިލިއަން ރުފިޔާގެ ޚަރަދުކުރި އައްޑޫ ސިޓީއަށް. އިންޑިއަން އެގްޒިމް ލައިން އޮފް ކްރެޑިޓްގެ ތެރެއިން ލިބުނު ލޯނު އަށް ސަތޭކަށް މިލިއަން ޑޮލަރުގެ ލޯނުގެ ތެރެއިން އައްޑޫ ސިޓީ، 350 މިލިއަން ޑޮލަރު ޚަރަދުކުރަން ނިންމީ ސިޓީއެއް ވީމަ. އަދި އެ ތަރައްޤީ ގެނެވިފައި އެ އޮތީ ހިތަދޫން ފެށިގެން ހުޅުދޫ، މީދޫ ހިމެނޭހެން، ހުރިހާ ތަންތަނެއް ހަމަހަމަކޮށް އެ ތަރައްޤީ ގެނެވުނީ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

ނިޒާރު ވިދާޅުވީ އިންޑިއަން ހައި އިމްޕެކްޓް ގްރާންޓްގެ ތެރެއިން ހަމައެކަނި ރާއްޖޭގެ ތަންތަނަށް ޚަރަދުކުރެވިފައި ހުރި ކުދިކުދި ހަރަދުތައް ކަމަށެވެ. ނަމަވެސް އައްޑޫ ސިޓީއަށް 65 މިލިއަން ރުފިޔާ ގްރާންޓުގެ ގޮތުގައި ލިބުނު ކަމަށާއި، އެއިން ކުރި ކަންތައްތައް ދެލޮލުން ފެންނަން އެބަހުރި ކަމަށެވެ.

އަދި އައްޑޫ ސިޓީގެ ގާއިމުކުރެވުނީ 5 ޓޫރިޒަމް ޒޯނުގެ ލޭންޑް ސްޓޭޕިންގއާއި، ގޭދޮށު މަސް ޕްލާންޓްތަކަށް ކުރެވުނު ޚަރަދުތައް ފެންނަން އެބަހުރި ކަމަށާއި، އެހެންކަމުން ބޭރު ގައުމުތަކުން ވެސް ލިބޭ އެއްޗެއް ސިޓީއެއްގެ ގޮތުގައި އޮތީމަ ލިބޭނެ ކަމަށެވެ.

- ކޮމެންޓް