މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އިސްވެރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ، މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ގޮތުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް ސާލިޙް މިހެން ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އަށްވެސް އެސީސީގެ ތަޙުޤީޤަށް ހާޒިރުވާން އެންގުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި ސިޔާސީ ނުފޫޒުގަ ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރައްވާ ކަމަށް ރައީސް ސާލިޙް ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގެ ބަންޑާރަނައިބު @ibriffath އަށްވެސް އެސީސީގެ ތަޙުޤީޤަށް ހާޒިރުވާން އަންގައިފި. މިއީ ކަންބޮޑުވާ
— Ibrahim Mohamed Solih (@ibusolih) October 13, 2025
ކަމެއް.
މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް.
ސިޔާސީ…
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކުރީގެ އޭޖީ ރިފްއަތު ވިދާޅުވީ، އޭސީސީއަށް ހާޒިރުވާން ޖެހެނީ ކޮންއިރަކު ކަމެއް، އަދި ކޮން ކަމަކާއި ގުޅިގެން ކަމަށް އަދި ސާފެއް ނުވެއެވެ.
ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހޯމަ ދުވަހު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީ އަށް ހާޒިރުކޮށްފަ އެވެ. އަދި އާދިއްތަ ދުވަހު މެންދުރު ފަހު ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
މީގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވެސް ވަނީ ބުދަ ދުވަހު އޭސީސީ އަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވާފައެވެ.
އޭސީސީ ކުރީގެ މިނިސްޓަރުން ހާޒިރު ކުރަމުންދާއިރު ސިޔާސީ ތަހުގީގުތައް ހިންގާ ކަމަށް ބުނެ އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އޭސީސީގެ ބޭރުގައި އިހުތިޖާޖު ކޮށްފައެވެ. އެ ގޮތުން އިހުތިޖާޖު ކުރި ފަރާތްތަކުން ވަނީ މިސަރުކާރުގެ ކަރަޕްޝަން އަމަލުތައް އޭސީސީ އިން ބެލުމަށް ފަސްޖެހިފައިވާ ކަމަށް ބުނެ ނުރުހުން ފާޅު ކޮށްފައެވެ.